މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާ ފުރުސަތު

ވާރލްޑް ބޭންކާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ހިންގޭ "މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް" އަކީ ރާއްޖޭގެ މަސްވެރިކަމުގެ ޞިނާއަތް ތަރައްޤިކުރުމަށް ހިންގޭ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ މަސައްކަތްތައް ކުރަމަށް ތިރީގައި ބަޔާން ކުރެވިފައިވާ މަޤާމަށް "ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު" މިމިނިސްޓްރީއިން ހުޅުވާލަމެވެ.

 

މަޤާމް:                   ޕްރޮގްރާމް އެސިސްޓެންޓް (މޮނިޓަރިންގ ކޮންޓްރޯލް އެންޑް ސަރވެއިލަންސް)

ގިންތި:                   ކޮންޓްރެކްޓް (3 އަހަރު)

ބޭނުންވާ ޢަދަދު:             1

މުސާރާ:                7,700/- ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:    މިނިސްޓްރީ އަދި ޕްރޮޖެކްޓްގެ މަސައްކަތް ހިންގޭ ރަށްތަކުގައާއި މަސްވެރި އުޅަންދުތަކުގައި

މަޤާމުގެ ޝަރުތު:

  • ފިޝަރީޒް ސައިންސް، މެރިން ބައޮލޮޖީ، މެރިން ސައިންސް ނުވަތަ ފިޝަރީޒް އާއި ގުޅުން ހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ އެއް ހާޞިލްކޮށްފައިވުމާއި އެކު މޮނިޓަރިންގ ކޮންޓްރޯލް އެންޑް ސަރވެއިލަންސްގެ ދާއިރާގެ މަސައްކަތު ތަޖުރިބާ ހުރުން
  • ރާއްޖޭގައި އާއި ސަރަޙައްދީ ފެންވަރުގައި މޮނިޓަރިންގ ކޮންޓްރޯލް އެންޑް ސަރވެއިލަންސްގެ ދާއިރައިން ކުރެވޭ މަސައްކަތްތަކުގެ ތަޖުރިބާ ލިބިފައިވުމާއި  އެކު މިފަދަ ޑޮނަރ ޕްރޮޖެކްޓެއްގައި މަސައްކަތު ތަބުރިބާ ހުރުން

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

މި މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެ ތަފްޞީލު (ޓަރމްސް އޮފް ރެފެރެންސް) ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

http://www.fishagri.gov.mv/images/download/Programme_Assistant_TOR.pdf

 

މިވަޒީފާތަކަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

މި މަޤާމްތަކަށް ޤާބިލު ފަރާތްތައް ހޮވުމަށް ބެލޭނެ ކަންތައްތައް ޓާރމްސް އޮފް ރިފެރެންސްގައި ހިމެނިފައިވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީވީ)
  3. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓުތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 4 ފެބްރުއަރީ 2018 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން މި މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށް، (މެރިން ރިސާޗް ސެންޓަރ އިމާރާތް، ހ. ވައިޓްވޭވްސް، މޫންލައިޓް ހިނގުން) ނުވަތަ މިމިނިސްޓްރީއަށް ވަޒީފާއަށް އެދި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް އީމެއިލް މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އާއި 14:00 ދެމެދު 3322328 ފޯނާއި ގުޅުއްވުން އެދެމެވެ.

 

8  ޖުމާދުލްއަޢްވަލް 1439 

25 ޖަނަވަރީ 2018
ހޯދާ