ހިރިލަންދޫ ޞިއްޙީ މަރުކަޒު، ތ. ހިރިލަންދޫ
ދިވެހިރާއްޖެ
އެޑްމިން އޮފިސަރ ގެ މަޤާމަށް މީހަކު ބޭނުންވެއްޖެ

މި މަރުކަޒުން ހުސްވެފައިވާ އެޑްމިނިސްޓްރޭޓިވް އޮފިސަރ ގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު

J-253922

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީ.އެސް.3

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ޑިވިޝަން / ސެކްޝަން

އެޑްމިން އެންޑް ފައިނޭންސް

މަޤާމު އޮތް އޮފީސް

ކޮޅުމަޑުލު ހިރިލަންދޫ ޞިއްޙީ މަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން

ކޮޅުމަޑުލު ހިރިލަންދޫ ޞިއްޙީ މަރުކަޒު

މުސާރަ

-/4465 ރުފިޔާ

ސަރވިސް އެލަވަންސް

1500/- ރުފިޔާ

އިތުރު އިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ޞިއްޙީ މަރުކަޒަށް ލިބޭ ލިޔެކިޔުންތަކާއި، އަދި އެހެނިހެން ގޮތްގޮތުންވެސް އަންނަ ލިޔުންތައް ބަލައިގަނެ އެންޓްރީކުރުން.
  2. ޞިއްޙީ މަރުކަޒަށް އަންނަ ލިޔެކިއުންތަކާއި ތަންތަނަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ޑިސްޕެޗްކުރުމުގެ މަސައްކަތް ބެލެހެއްޓުމާއި އަދި ލިޔެކިއުންތައް ފައިލްކޮށް ބެލެހެއްޓުން. މީގެއިތުރުން އަންނަ ލިޔެކިއުންތައް ކަމާބެހޭ ބޭފުޅުންނަށް ރައްދުކޮށްދީ، އެބޭފުޅުންގެ އިރުޝާދުގެ ދަށުން ޖަވާބުދާރީވުން.
  3. ޞީއްޙީ މަރުކަޒުން ބާއްވާ ބައްދަލުވުންތަކަށް ވަޑައިގަންނަވަންޖެހޭ ބޭފުޅުންނަށް ދަންނަވާ، ހޯލް ހިފުމުގެ މަސައްކަތްތައް ކުރުމާއި، ބައްދަލުވުންތައް އިންތިޒާމް ކުރުމުގެގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  4. ހަރުމުދަލާއި ލިޔެކިޔުމުގެ ސްޓޮކް ބެލެހެއްޓުމާއި ހަރުމުދަލުގެ ރަޖިސްޓަރީ އާއި ސްޓޮކް ރެކޯރޑް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  5. ޢުމްރާނީ ޙާލަތު ރަނގަޅުކުރުމަށް ޞިއްޙީ ދާއިރާއިން ރަށުގައި ހިންގާ މަޝްރޫޢުތަކާއި މަސައްކަތްތަކުގައި މަރުކަޒުގެ ވެރިން ޙަވާލުކުރާ މަސައްކަތްތައް ކުރުން.
  6. ޢިމާރާތް މަރާމާތުކުރުމުގެ މަސައްކަތާއި ހަރުމުދާ މަރާމާތުކުރުމުގެ މަސައްކަތުގައި މަރުކަޒުން ކުރަންޖެހޭ މަސައްކަތްތައް ކުރުން
    1. ބައުވާތަކެއްޗާއި މިނޫންވެސް މަރުކަޒުން ނީލަންކިޔަންޖެހޭ ތަކެތި ނީލަންކިޔުމުގެ މަސައްކަތް
    2. ޒިންމާދާރު ވެރިޔާ ގެ މަސްއޫލިއްޔަތު ޙަވާލުކުރުމަށް މަރުކަޒުގެ އިސްވެރިޔަކަށް ހުންނަ ބޭފުޅަކު ނިންމަވައިފިނަމަ އެ މަސްއޫލިއްޔަތު އަދާކުރުން

9. މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ކަންތައްތަކާއި  މުވައްޒަފުންގެ  ޙާޟިރީ ބެލެހެއްޓުން

  1. މަޤާމުގެ ފެންވަރާއި އެކަށީގެންވާ މުވައްޒަފަކު މަޤާމުގައި ނެތް ނުވަތަ ސަލާމުގައި ނުވަތަ ޗުއްޓީގައި ހުންނަ ޙާލަތުގައި އެ މުވައްޒަފެއްގެ މަސްއޫލިއްޔަތު ޒިންމާދާރު ވެރިޔާ ޙަވާލުކުރައްވައިފިނަމަ އެ މަސްއޫލިއްޔަތު އަދާކުރުން.

މަޤާމުގެ ޝަރުތުތައް

  1. ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް،އެމްޕްލޯއިމަންޓް ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އެޑްމިނިސްޓްރޭޝަން، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް،މެނޭޖްމަންޓް،ބިޒްނަސް މެނޭޖްމަންޓް،އެމްޕްލޯއިމަންޓް ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އެޑްމިނިސްޓްރޭޝަން، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޞިއްހީ ދާއިރާ، ޕްރޮޖެކްޓް މެނޭޖްމަންޓް ގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

  1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1.ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއްއަދާކުރިމުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ  ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަ ވަޒީފާއަދާކުރިމުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމް މި މަރުކަޒުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީ އޮފް ހެލްތްގެ ވެބްސައިޓް   http://health.gov.mvއިން މި ފޯމް ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 31 ޖަނަވަރީ 2018 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ހިރިލަންދޫ ޞިއްޙީ މަރުކަޒަށެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2018 ފެބުރުވަރީ 1 އާއި 2018 ފެބުރުވަރީ 8 އާ ދެމެދު ހިރިލަންދޫ ޞިއްޙީ މަރުކަޒު ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

30%

އިތުރު މަޢުލޫމާތު

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި 6780532 ނަންބަރު ފޯނަށެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

 

22 ޖަނަވަރީ 2018
ހޯދާ