މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އައްޑޫ ސިޓީގައި ޕެކޭޖިންގ ސެންޓަރ ހިންގާ މެނޭޖްކުރާނެ ފަރާތެއް ހޯދުމަށް

އިޢުލާން

އައްޑޫ ސިޓީގެ ޕެކޭޖިންގ ސެންޓަރ ހިންގުމަށް އަންދާސީ ހިސާބު ހުށަހެޅުން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން އައްޑޫ ސިޓީގައި ޕެކޭޖިންގ ސެންޓަރ ހިންގާ މެނޭޖްކުރާނެ ފަރާތެއް ހޯދުމަށް، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމުގެ ސިޔާސަތުގެ ދަށުން މިވިޔަފާރިތަކަށް މާކެޓް ކުރުމުގެ އިތުރު ފުރުސަތުތައް ލިބެންއޮތީ އުފައްދާ ތަކެތި ، ރަނގަޅު ފެންވަރަކަށް ޕެކޭޖްކުރުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ވެސް ލިބިގެންނެވެ. އަދި ރާއްޖޭގައި ދަނޑުވެރިކަމުން އުފައްދާ ތަކެތީގެ ވިޔަފާރިއާއި އެކިއެކި ޕްރޮސެސްޑް ކާބޯތަކެތި އުފައްދާ ކުދި ވިޔަފާރިތައް އަންނަނީ އިތުރުވެ ތަރައްޤީވަމުންނެވެ. އެހެންކަމުން މިތަކެއްޗަށް ރަނގަޅު މާކެޓެއް ހޯދައިދީ ވިޔަފާރިތައް އިތުރަށް ތަރައްޤީކުރުމަށް ޕެކޭޖިންގ ސެންޓަރެއް ޤާއިމުކުރަން ވަރަށް މުހިއްމުކަމަށް މިމިނިސްޓްރީން ދެކެމެވެ.

ތާޒާ އަދި ޕްރޮސެސް ކުރެވިފައިވާ ކާބޯތަކެތި ޕެކޭޖިންގ ސެންޓަރ ޤާއިމުކުރާނޭ ތަނެއް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުން ހޯދާ، އެ ޕެކޭޖިންގ ސެންޓަރ އޮޕަރޭޓްކުރަން ފަށައިގަތުމަށް ބޭނުންވާ ބައެއް މެޝިނަރީވަނީ ހޯދާފައެވެ.

ޕޮރޮޕޯސަލް ހުށަހެޅުމާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިމިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުން

 

އަންދާސީ ހިސާބު ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން 30 ޖަނަވަރީ 2018 ވާ އަންގާރަ ދުވަހުގެ 14:00 ގައި މައުލޫމާތު ސެޝަންއެއް އޮންނާނެއެވެ. އަދި މައުލޫމާތު ސެޝަންއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 6 ފެބްރުއަރީ 2018 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން  ބިޒްނަސް ސެންޓަރ ހިދަތޫ / އައްޑޫ ސިޓީ، ހިތަދޫ އަށް ހުށަހަޅަންވާނެއެވެ. 30 ޖަނަވަރީ 2018 ގައި ބޭއްވޭ މައުލޫމާތު ސެޝަންއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާޙަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށަހަޅާންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު ލިޔެފައި އޮންނަންވާނެއެވެ. އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

ބިޒްނަސް ސެންޓަރ ހިތަދޫ / އައްޑޫ ސިޓީ، ހިތަދޫ

ދިވެހިރާއްޖެ

 

އަންދާސީ ހިސާބު ހުޅުވުން

އަންދާސީ ހިސާބު ހުޅުވާނީ ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތުން ކަނޑައެޅިފައިވާ ފަރާތްތެއްގެ ހާޒިރުގައި 6 ފެބުރުއަރީ 2018 ވަނަ ދުވަހުގެ 14:35 ގައެވެ.

 

24 ޖަނަވަރީ 2018
ހޯދާ