ގެމަނަފުށީ ސްކޫލް
ދިވެހިރާއްޖެ
ބާވެ ހަލާކުވެފައި ހުރި ބައެއްތަކެތި ނީލަންކިއުން

                                                                                                     ނަންބަރ:GS-202/IUL/2018/07 

އިޢުލާން

 

މި ސްކޫލުގައި ބާވެ ހަލާކުވެފައި ހުރި ބައެއްތަކެތި ނީލަންކިއުން 27 ޖެނުއަރީ 2018 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގައި މި ސްކޫލުގައި އޮންނާނެއެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 27 ޖެނުއަރީ 2018 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އަށް ސްކޫލަށް ދުރުވެ ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް ޢަމަލު ކުރެއްވުން އެދެމެވެ.

 

ނީލަމުގެ އުޞޫލުތައް ހަމަޖެހިފައިވާގޮތް:

1-     ނީލަމުގައި ބައިވެރިވެ، އެންމެ މަތީ އަގުހުށަހަޅާ ފަރާތަކުން އެ އަގެއް ހުށަހެޅި މުދަލަކަށް ފައިސާ ދެއްކުމަށްފަހު އެދުވަހުގެ 18:00 ގެ ކުރިން ސްކޫލް ގޯތީން މުދާ ބޭރު ކުރަންވާނެއެވެ.

2-     ނީލަމުގައި އެންމެ މަތީ އަގުހުށަހަޅައި، އެދުވަހުގެ 18:00 ގެ ކުރިން  މުދަލަށް ފައިސާ ނުދައްކާ ފަރާތަކަށް ކުރިޔަށްއޮތް 5 އަހަރު ދުވަހުގެ ތެރޭގައި ގެމަނަފުށީ ސްކޫލުން ބާއްވާ ނީލަމެއްގައި ބައިވެރި ނުވެވޭނެއެވެ.

 

            

 

                                                                    

 

  

 

24 ޖަނަވަރީ 2018
ހޯދާ