ފެކަލްޓީ އޮފް ހެލްތު ސައެންސަސް
ދިވެހިރާއްޖެ
ޕާޓްޓައިމް ލެކްޗަރަރ އިން ހޯދުމަށް

                                                                                                                                                               ނަންބަރު:2018/02/MED-153-FHS

އިޢުލާން

           ފެކަލްޓީ  އޮފް ހެލްތު ސައިންސަސްގައި ހިންގާ  ކޯސް ތަކުގެ ތިރީގައި މިދައްނަވާ މާއްދާތައް ކިޔަވައި ދެއްވާނެ ފަރާތްތައް ހޯދުމަށް ވަނީ ބޭނުން ވެފައެވެ.

           ވީމާ މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްޕުޅުތަކުން 2018 ޖަނަވަރީ 28 ވަނަ ދުވަހުގެ 13:30 ކުރިން ފެކަލްޓީ އޮފް ހެލްތު ސައިންސަސް އަށް، ހުށަހަޅަންޖެހޭ ތަކެއްޗާއިއެކު ސިޓީ ފޮނުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި : އެޓެސްޓް ކުރެވިފައިވާ ސެޓިފިކެޓްތަކުގެ އަސްލު ކޮޕީ އާއި އައިޑި ކާޑުގެ ކޮޕީ

  1. 1.     މާއްދާގެ ނަން:         ކޮންޓެމްޕަރަރީ އިޝޫސް އިން ޕަބްލިކް ހެލްތް

ކިޔަވާދޭން ޖެހޭ ގަޑީގެ ޢަދަދު:          38 ގަޑި (15 ގަޑި ލެކްޗަރ، 23 ގަޑި ޓިއުޓޯރިއަލް)

ޓީޗަރުގެފެންވަރު ނުވަތަ ޝަރުތު:        މާއްދާ އާއި ގުޅޭ ދާއިރާއިން އެންމެ ދަށްވެގެން މާސްޓަރސް ޑިގްރީ  ނުވަތަ އެއާއި އެއްވަރު ސަނަދެއް  ޙާޞިލް ކޮށްފައިވުމާއި އެކު 2 އަހަރު ދުވަހުގެ މާއްދާ އާއި ގުޅުން ހުރި ދާއިރާގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

 

  1. 2.     މާއްދާގެ ނަން:         ކޮމިއުނިކަބަލް ޑިޒީޒް ކޮންޓްރޯލް

ކިޔަވާދޭން ޖެހޭ ގަޑީގެ ޢަދަދު:           50 ގަޑި (38 ގަޑި ލެކްޗަރ، 12 ގަޑި ޓިއުޓޯރިއަލް)

ޓީޗަރުގެފެންވަރު ނުވަތަ ޝަރުތު:        މެޑިކަލް ޑޮކްޓަރަކު ކަމުގައިވުން އަދި މާއްދާ އާއި ގުޅޭ ދާއިރާއިން އެންމެ ދަށްވެގެން މާސްޓަރސް ޑިގްރީ  ނުވަތަ އެއާއި އެއްވަރު ސަނަދެއް  ޙާޞިލް ކޮށްފައިވުމާއި އެކު 2 އަހަރު ދުވަހުގެ މާއްދާ އާއި ގުޅުން ހުރި ދާއިރާގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

ކިޔަވާ ދޭންޖެހޭ ވަގުތު:              ބްލޮކް މޯޑަށް ކިޔަވާދޭ 5 ބްލޮކް: މަހަކު ދެހަފްތާގެ ބުރާސްފަތި، ހުކުރު، ހޮނިހިރު، އާދިއްތަ ދުވަހު ހެނދުނު 8.00 ން ރޭގަނޑު 10.00 އާދެމެދު (ދުވާލަކު 4-8 ގަޑިއިރު)

ކިޔަވާދީ ނިންމަން ޖެހޭ މުއްދަތު:        28 ޖަނަވަރީ 2018 ން 10 މޭ 2018 އަށް

ލެކްޗަރ ގަޑިތައް އަދި ޓިއުޓޯރިއަލްގެ އިތުރުން މަތީގައި ދެންނެވިފައިވާ މާއްދާތަކުގެ އައުޓްލައިން އާއި އެއްގޮތްވާ ގޮތުގެމަތިން އެމާއްދާއެއްގެ ޓެސްޓުޕޭފަރ އެކުލަވާލާ، އެސައިންމަންޓް ތައްޔާރުކޮށް މާރކްކުރުމާއި  މިޑިޕާރޓްމެންޓުން ހަދާފައިވާ ޓައިމް ޓޭބަލާއި އެއްގޮތަށް ކްލާސްތައް ބޭއްވުން.

24 ޖަނަވަރީ 2018
ހޯދާ