މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އޮފީސްބައި ކުއްޔަށް ދިނުން

ތިރީގައި މިދަންނަވާ އޮފީސްބައިތައް ، އަކަފޫޓަކަށް -/30 (ތިރީސް) ރުފިޔާއަށް ވުރެ ކުޑަނުވާގޮތަށް 5 (ފަހެއް) އަހަރަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއްޖެއެވެ.

   ފިލާ ބިލްޑިންގ 1 ގެ ވަނަ ފަންގިފިލާ (އުތުރުބައި) – 525 އަކަފޫޓް

   ފިލާ ބިލްޑިންގ 1 ގެ ވަނަ ފަންގިފިލާ (ދެކުނުބައި) – 435 އަކަފޫޓް

ވީމާ، މި ބައިތައް ކުއްޔަށްހިފުމަށް ބޭނުންވާ ފަރާތްތަކުން " ތަޢުލީމީ ފަންޑުގެ ޢިމާރާތް ކުއްޔަށް ހިފުމަށް އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު، 2018 ޖަނަވަރީ 30 ވާ އަންގާރަ ދުވަހު ހެނދުނު 11:00 އަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން / އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ ( އެދުރުހިޔާ 9 ވަނަ ފަންގިފިލާ )  އަށް ވަޑައިގެން ފޯމް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް ބޭނުންވާ ފޯމް އެދުރުހިޔާ 9 ވަނަ ފަންގިފިލާގައިވާ މިއިދާރާގެ ކައުންޓަރުން 2018 ޖަނަވަރީ 24 ވާ ބުދަ ދުވަހުގެ 09:00 އިން ފެށިގެން ލިބެން ހުންނާނެއެވެ.

ކުއްޔަށްހިފުމަށް އެދޭ ފޯމް ހުށަހަޅުއްވާއިރު ބިޑް ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި -/15,000 (ފަނަރަ ހާސް) ރުފިޔާ އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ ގައި ބަހައްޓަވަން ޖެހޭނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ 30 ދުވަހެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 3341193  ފޯނަށް ގުޅުއްވުން އެދެމެވެ.

23 ޖަނަވަރީ 2018
ހޯދާ