ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ރިސަރޗް އޮފިސަރ (ވަގުތީ)

މަޤާމް 

އެސިސްޓެންޓް ރިސަރޗް އޮފިސަރ   

ގިންތި: ވަގުތީ     

މަޤާމުގެ ނަންބަރު:   J-291410                    

ބޭނުންވާ ޢަދަދު     

01   

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން:    އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ  ގްރޭޑް1 (ރޭންކް ޖީ.އެސް.3)

އޮފީސް/ އިދާރާ

ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާ     

ޔުނިޓް:   ޕޮލިސީ ޕްލޭނިންގ ރިސަރޗް އެންޑް މޮނޮޓަރިންގ

މަސައްކަތް ކުރަންޖެހޭ ތަން

ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ  / ޅ. ނައިފަރު    

މުސާރަ: 

މަހަކު -/4465ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ

މަޤާމުގެމަސްއޫލިއްޔަތުތަކާއި ވާޖިބުތައް

01- އަމިއްލަ ފަރާތްތަކަށް ދޫކުރެވޭ ބިންބިމާ ބެހޭ ކަންތައްތައް ބެލެހެއްޓުމާއި، އަދި އެބިންތަކުގެ ރަޖިސްޓަރީ ލިޔެ ބެލެހެއްޓުން

02- ޔައުމިއްޔާ ލިއުމަށް ބޭނުންވާ މަޢުލޫމާތު ކޮންމެ ދުވަހަކު 10:00 ގެ ކުރިން ކަމާބެހޭ ސެކްޝަނަށް ދިނުން.

03- ގޯތީގެ ރަޖިސްޓަރީއާއި، ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެދުމާއި ބެހޭގޮތުން ރަށުކައުންސިލްތަކުން ހުށަހެޅޭ މައްސަލަތައްބަލައި، އެކަންކަމާބެހޭގޮތުން ކައުންސިލުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން

04- ދަނޑު ބިމާބެހޭ ކަންތައްތައް ބެލެހެއްޓުން

05- އެކިއެކި މައްސަލަތަކުގައި އަގުކޮމިޓީ ޢައްޔަންކުރުމާ ބެހޭގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން

06- މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ފޮނުވަންޖެހޭ އެންމެހާ ރިޕޯޓުތައް އެކަމަށް ކަނޑައެޅިފައިވާ ތާރީޚްތަކުގެކުރިން ރަށްރަށުންހޯދުމާއި، އެރިޕޯޓުތައް ކަނޑައެޅިފައިވާ ތާރީޚަށް ފޮނުވުން

07- ބޭންކް އޮފް މޯލްޑިވްސް ނައިފަރު ބްރާންޗް، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް، ރަށުކައުންސިލްތަކުން ރަހުނުކުރެވޭ ގޯތިތަކުގެ ރަޖިސްޓަރީތައް ލިޔެ ބެލެހެއްޓުން

08- އަތޮޅުގެ ފަޅުރަށްރަށާ ބެހޭ ކަންތައްތައް ބެލެހެއްޓުން

09- ކަނޑައަޅާ ތާވަލެއްގެ ދަށުން އަތޮޅުގެ ހުރިހާ ރަށުކައުންސިލްތަކަށް އަހަރުތެރޭގައި ޒިޔާރަތްކުރާނެ ތާވަލެއް އެކުލަވާލުމާއި އެދަތުރުތައް އޯގަނައިޒްކުރުން

10- ރަށުކައުންސިލްތަކުން ހަދަންޖެހޭ ހަފްތާ ރިޕޯޓްތަކާއި މަހު ރިޕޯޓުތައް ކަނޑައަޅާ، އެރިޕޯޓުތައް ރަށުކައުންސިލްތަކުން ހޯދާ އެއްކުރުން

11- އަތޮޅުގެ ރަށްރަށުގެ ބިމާބެހޭ ދަފްތަރު ތައްޔާރުކުރުން

12- ބިމާބެހޭ ޤައުމީ ދަފްތަރުގެ މަޢުލޫމާތު ސަރުކާރުގެ ކަމާބެހޭ ފަރާތަށް ފޮނުވުން

 ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ، އެހެން ސެކްޝަނެއް/ ޔުނިޓެއްގެ މަސައްކަތްތަ ޚާއްޞަ

    ޙާލަތެއްގައި ވަގުތީ ގޮތުން ޙަވާލުކުރެވިއްޖެނަމަ، އެމަސައްކަތެއް ކުރުން

10- ޔުނިޓްގެ އެހެން މުވައްޒަފަކާ، ދިމާވާ ކަމަކާ ގުޅިގެން އެމުވައްޒަފެއްގެ މަސައްކަތް ވަގުތީގޮތުން

    ޙަވާލުކުރެވިއްޖެނަމަ  އެމަސައްކަތެއް ކުރުން 

11- ޚާއްޞަ ވާޖިބުތަކުގެ އިތުރުން މުޅި ކައުންސިލަށް ދިމާވާ، ކުއްލި އިމަރޖެންސީ ކަންކަމާއި، އެންމެން

    ޝާމިލްވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލް  ކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ

ދާއިރާއެއްގައި 2 އަހަރު ދުވަހުގެ  މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް  ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން

ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

މަޤާމުގެޝަރުޠު ހަމަކުރުމު  ގައި ބެލެވޭނެ ދާއިރާތައް

  • ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް
  • އިންފޮމޭޝަން ޓެކްނޮލޮޖީ
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ޕްރޮޖެކްޓް މެނޭޖްމަންޓް
  • އެޑްމިނިސްޓްރޭޝަން އެންޑް ސްޓެޓިސްޓިކްސް
  • މެތަމެޓިކްސް އެންޑް ސްޓެޓިސްޓިކްސް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ލިބިފައިވާ ތަޢުލީމާއި ތަމްރީން %38  
  • އިމްތިޙާން %5
  • ވަޒީފާއާ ގުޅޭ މަސައްކަތުގެ ތަޖުރިބާ
  • އެހެނިހެން މަސައްކަތުގެ ތަޖުރިބާ %4
  • ލިބިފައިވާ މަސައްކަތުގެ ހުނަރު (އިންޓަރވިއު / ޕްރެކްޓިކަލްސް) %43

މަޤާމަށް މީހުން ހޮވުމަށް ކަނޑަ އަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

%30 (ތިރީސް އިންސައްތަ)

މަޤާމަށްއެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅާނީ 05 ފެބުރުއަރީ 2018 ވަނަ ދުވަހުގެ 13:00 ގެކުރިން ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށެވެ.

ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އީމެއިލް:[email protected]

ހުށަހަޅަންޖެހޭ ލިޔުންތައް

1.ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު

2.ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3.ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4.ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5.ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6.ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7.ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8.މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިޔު އޮންނާނެ ތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2018 ފެބުރުއަރީ 11 އިން 2018 ފެބުރުއަރީ  15 އާ ދެމެދު ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގައެވެ. ވީމާ މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެތާރީޚްތަކުގައި އިންޓަވިއު އަށް ތައްޔާރުވެގެން ތިއްބެވުމަށްވެސް ދަންނަވަމެވެ.

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠުހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސްލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އުޖޫރައާއި ޢިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދްމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އިތުރު  މަޢުލޫމާތު

  • ·      އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6620331 ، 6620261 އާ ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
  • ·      ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލް ކުރެވޭނެވާހަކަ ދެންނެވީމެވެ. 
23 ޖަނަވަރީ 2018
ހޯދާ