މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަރުދަމާ ހައުސް ކަނެކްޝަން އެޅުމާއިބެހޭ

ނަމްބަރ : IUL)306/306/2018/6) 

 

އިޢުލާން

ނަރުދަމާގެ ހައުސް ކަނެކްޝަން އެޅުމާބެހޭ

     މިރަށުގައި އެޅުމަށް ހަމަޖެހިފައިވާ ނަރުދަމާނިޒާމްގެ އަމަލީމަސައްކަތް ފެށުމުގެ ކުރިން، މިހިދުމަށް ބޭނުންކުރާނެ ތަންތަނުގެ ފުރިހަމަ މަޢުލޫމާތު މަސައްކަތުގެ ކޮންޓްރެކްޓަރަށް ބޭނުންވެއެވެ. އަދި މަސައްކަތް ފެށިގެން ކުރިޔަށް ދާއިރު ޚިދުމަތަށް އެދި، ކަނޑައެޅިގައިވާ މުއްދަތުގައި ފޯމް ހުށައަޅާފައި ނުވާ ފަރާތްތަކަށް ހައުސްކަނެކްޝަން އަޅައިނުދޭގޮތަށް ކޮންޓްރެކްޓަރ ވަނީ ނިންމާފައެވެ.

     ވީމާ، ނަރުދަމާ ނިޒާމްގެ ހައުސްކަނެކްޝަށް އެޅުމަށް ބޭނުންވާ ފަރާތްތަކުން 07 ފެބްރުއަރީ 2018 ވާ ބުދަ ދުވަހުގެ 13:30 ކުރިން، ނަރުދަމާގެ ޚިދުމަތަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު، ފޯމާއެކު ހުށައަޅަން ޖެހޭ ހުރިހާ ލިޔުންތަކާއެކު ކައުންސިލް އިދާރާއަށް ހުށައެޅުއްވުން އެދެމެވެ. ފޯމް މި ކައުންސިލް އިދާރައިން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.

22 ޖަނަވަރީ 2018
ހޯދާ