ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އަހަރީ އާއްމު ޖަލްސާ 2018

 

                                                                                                                                                    ނަންބަރު: BAM/IUL/2018/06

 އިޢުލާން

 

އަހަރީ ޢާއްމު ޖަލްސާ 2018

 

މި އެސޯސިއޭޝަންގެ 2018 ވަނަ އަހަރުގެ އަހަރީ ޢާއްމު ޖަލްސާ 25 މާރިޗު 2018 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ވާހަކަ އެންމެހާ މެމްބަރުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ. މި ޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު މި އެސޯސިއޭޝަންގެ އެންމެހާ މެމްބަރުންނަށް ވަނީ ހުޅުވާލެވިފައެވެ.

16 ޖަނަވަރީ 2018 ވަނަ ދުވަހު ބޭއްވުނު މި އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީ ގެ ޖަލްސާގައި 31 ޑިސެމްބަރު 2017 އާއި ހަމައަށް ރަޖިސްޓްރޭޝަން ހައްދަވާފައިވާ މެމްބަރުންނަށް މިޖަލްސާގައި ބައިވެރިވެ ވޯޓްދިނުމުގެ ހައްޤު ލިބިފައިވާކަން ވެސް ދަންނަވަމެވެ. ވީމާ 01 މާރިޗު 2018 ވަނަ ދުވަހުގެ ނިޔަލަށް، 2018 ވަނަ އަހަރަށް ފީ ދައްކާފައިވާ 31 ޑިސެމްބަރު 2017 އާއި ހަމައަށް ރަޖިސްޓްރޭޝަން ހައްދަވާފައިވާ މެމްބަރުން، މެމްބަރޝިޕް ކާޑް އަދި އައި.ޑީ.ކާޑު ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. ފާއިތުވި އަހަރު އެކްޓިވްކޮށް ހަރަކާތްތެރިވެފައިވާ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ ތަކުން ފާއިތުވި އަހަރުގެ އަހަރީ ރިޕޯރޓްތައް މި އެސޯސިއޭޝަނަށް ފޮނުވުމުގެ އެންމެ ފަހު ތާރީޚަކީ 01 މާރިޗު 2018 ވާ ބުރާސްފަތި ދުވަސް ކަމުގައި ކަނޑައަޅާފައިވާ ވާހަކަ ވެސް ދަންނަވަމެވެ. އަދި 01 މާރިޗު 2018 ވަނަ ދުވަހާއި ހަމައަށް ފާއިތުވި އަހަރުގެ ރިޕޯރޓްތައް މިއެސޯސިއޭޝަނަށް ފޮނުއްވާފައިނުވާ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ ތަކަށް މިޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ ދަނަންވަމެވެ.

އެންމެހާ މެމްބަރުންގެ ފަރާތުން އަހަރީ ޢާއްމު ޖަލްސާއަށް އެއްވެސް ކަމެއް ހުށައަޅަން ބޭނުންފުޅުވެލައްވާނަމަ 08 މާރިޗު 2018 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ލިޔުމުން މި އެސޯސިއޭޝަނަށް ހުށައެޅުމަށް ދަންނަވަމެވެ.

ކްލަބް އަދި ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ ތަކުގެ ފަރާތުން މިޖަލްސާގައި ބައިވެރިވެ ވޯޓް ދެއްވާނެ ފަރާތެއްގެ މަޢުލޫމާތު ޖަލްސާބޭއްވުމުގެ 48 ގަޑިއިރުކުރިން މި އެސޯސިއޭޝަނަށް ލިޔުމަކުން ހުށައަޅަންވާނެއެވެ.

 

22 ޖަނަވަރީ 2018

22 ޖަނަވަރީ 2018
ހޯދާ