މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

މަޤާމް :މަސައްކަތު
ބޭނުންވާ އަދަދު :1

 

މަޤާމު:

މަސައްކަތު

މަޤާމުގެ ނަންބަރު:

J-220825

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެސް.އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް ޔުނިޓް

މަޤާމު އޮތް އޮފީސް:

މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

ށ. މިލަންދޫ ކައުންސިލްގެ އިދާރާ

މުސާރަ:

3100.00 ރުފިޔާ

ސަރވިސް އެލަވަންސް:

1000.00 ރުފިޔާ

އިތުރު އިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް
  2. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރބިއުޝަން
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

1. ކައުންސިލް އިދާރާގެ އެތެރެ ކުނިކަހައި، ފޮޅައި ސާފުކޮށް މޮއްޕުލުން،

2. ކައުންސިލް އިދާރާގެ ދޮރުފަތްތަކާއި، ދޮރުދާރަތަކާއި ފެންލައިޓްތައް އަދި ބިއްލޫރި ޖަހާފައިވާ ތަންތަނުގެ ބިއްލޫރިތައް ފޮހެ ސާފުކޮށް ބެލެހެއްޓުން،

3. ކައުންސިލް އިދާރާގެ ގޯތިތެރެ އާއި މަގުފަޅިތަކުގެ ވިނަނޮޅައި، ކުނިކަހައި ސާފުކޮށް ބެލެހެއްޓުން،

4. ކައުންސިލް އިދާރާގެ ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން،

5. ކައުންސިލް އިދާރާގެ ގޮނޑި މޭޒުތަކުން ހިރަފުސް ފޮޅައި، ފެންފޮތިލައި ސާފުކޮށް ބެލެހެއްޓުން،

6. ކައުންސިލް އިދާރާގެ ބަގީޗާތަކާއި، ކޮށައި ބަލަހައްޓަންޖެހޭ ގަސްތައް ކައުންސިލުން އަންގާ ގޮތެއްގެ މަތީން ކޮށައި ބެލެހެއްޓުން،

7. ކައުންސިލް އިދާރާގެ އޭސީތަކާއި އެހެނިހެން މެޝިނަރީޒް އަދި އިކުއިޕްމަންޓްސް ސާފުކޮށް ބެލެހެއްޓުން،

8. ކައުންސިލް އިދާރާއިން އަދި އިދާރާ ބައިވެރިވެގެން ބާއްވާ ބައްދަލުވުންތަކާއި، ޙަފްލާތައް ނުވަތަ ޖަލްސާތަކާއި ސެމިނަރ ނުވަތަ ފޯރަމްތަކަށް ތަން ތައްޔާރުކުމާއި އެކަމާއި ގުޅުންހުރި މަސައްކަތްތައް ކުރުން،

9. ކައުންސިލް އިދާރާއިން އެކި ފަރާތްތަކާއި ޙަވާލުކުރަންޖެހޭ ތަކެއްޗާއި ލިޔެކިޔުންތައް ޙަވާލުކުރުމާއި، އަންގަންޖެހޭ އެންގުންތައް އެންގުން،

10. ކައުންސިލް އިދާރާއާއި އިދާރާގެ ބެލުމުގެ ދަށުގައިވާ ތަންތަނާއި ތަކެތީގެ ކުދި މަރާމާތުތައް ކުރުން،

11. ކައުންސިލް އިދާރާގެ މަޤްޞަދުތައް ޙާޞިލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަމާއި ގުޅުންހުރި އެހެނިހެން މަސައްކަތްތައް،

މަޤާމުގެ ޝަރުތުތައް:

 

 

ލިޔަންކިޔަން ދަތުމާއިއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބަލާނެ ކަންތައްތައް:

. ލިބިފައިވާ ތަޢުލީމާއި ތަމްރީން (26%)

. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (26%)

. ލިބިފައިވާ ހުނަރު  އަދި އިންޓަރވިއު (%48)

                      

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް (މިފޯމް މިލަންދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބިލައްވާނެ)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއްނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

4. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ބޭރުގެ ޕްރޮގްރާމުތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމުތަކުގެ އެކްރެޑިޓްކޮށްފައިވާ  ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެކޮޕީ ( މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓްކުރަން ނުޖެހޭނެއެވެ.( ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސިޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

5. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓްފިކެޓް ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ: (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 

 

 

 

 

ވަޒީފާއަށް އެދޭ ފޯމު ށ.މިލަންދޫ ކައުންސިލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 ޖަނަވަރީ 30 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ށ.މިލަންދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދިވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. ފެކްސް ނަމްބަރަކީ 6540064 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި ތާރީޚް:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ލިޔަންކިޔަން އިގޭތޯ ބަލާ އިމްތިހާނުން ފާސްވާ ފަރާތްތަކަށެވެ. މިއިމްތިހާނު  އޮންނާނީ 2018 ޖަނަވަރީ 31 ވާ ބުރާސްފަތި ދުވަހު ށ.މިލަންދޫ ކައުންސިލްގެ އިދާރާގައެވެ.

އަދި މަޤާމުގެ އިންޓަރވިއު ކުރިއަށްދާނީ 2018 ފެބްރުއަރީ 01 ވަނަ ދުވަހު ށ.މިލަންދޫ ކައުންސިލްގެ އިދާރާގައެވެ.

އަދި އިންޓަރވިއުކުރެވޭ ފަރާތްތަކަށް ބާއްވާ ޕްރެކްޓިކަލް ޓެސްޓް އޮންނާނީ 2018 ފެބްރުއަރީ 03 ވަނަ ދުވަހު ށ.މިލަންދޫ ކައުންސިލްގެ އިދާރާގައެވެ.

ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓްލިސްޓުކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓްކުރެވޭނެއެވެ.

 

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

މަޤާމަށް ޢައްޔަންކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ޖުމްލަ އިންސައްތަ، %25 (ފަންސަވީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540063 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6540064 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

22 ޖަނަވަރީ 2018
ހޯދާ