ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެލިބެޑުން ދޮންވެލި ދޫކުރުމުގެ އުޞޫލް

ވެލިބެޑުން ދޮންވެލި ދޫކުރުމުގެ އުޞޫލް

 

ތައާރަފް:

      މި އުޞޫލަކީ ސަރުކާރުން ތިނަދޫ އުތުރުފަރާތް ހިއްކުމަށް އަޅާފައިވާ ދޮންވެލި ބެޑުން ދޮންވެލި އެކިފަރާތްތަކަށް ދިނުމަށް ކަނޑައަޅާ އުޞޫލެކެވެ.

  1. ދޮންވެލި ހޯދުމަށް އެދި ހުށަޅަން ޖެހޭނީ ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާއަށެވެ. އެގޮތުން މިކަމަށް ޙާއްސަ ކުރެވިފައިވާ ފޯމެއް ތިނަދޫ ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.
  2. ދޮންވެލި ދޫކުރެވޭނީ މި އިދާރާގައި ރަޖިސްޓްރީ ކުރުމަށްފަހު " ދޮންވެލި ދޫކުރާ ސްލިޕް " ލިބުމުންނެވެ.
  3. މި އުޞޫލްގެ ދަށުން ތިނަދޫ ކައުންސިލްގައި ރަޖިސްޓްރީ ކުރާ ގެތަކުގެ ތެރޭއިން މީހުން ދިރިއުޅޭ ނުވަތަ ދިރިއުޅެން ފެށުމަށް ތައްޔާރުވެފައިވާ ގެތަކަށް، ކޮންމެ ގެއަކަށް 50 ކިލޯގެ 200 ބަސްތާ  ދޮންވެލި ދޫކުރެވޭނެއެވެ.
  4. ދޮންވެލި ދޫކުރެވޭނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު މެންދުރު ފަހު 14:00 އިން 16:00 އާއި ހަމައަށެވެ.
  5. ދޮންވެލި ދޫކުރެވޭނީ އެ ސަރަޙައްދުގައި ހުންނަ މި އިދާރާއިން ކަނޑައަޅާފައިވާ ސުޕަވައިޒަރާއި " ދޮންވެލި ދޫކުރާ ސްލިޕް ހަވާލުކުރުމުންނެވެ.
  6. ވެހިކަލް ބޭނުންކޮށްގެން ދޮންވެލި ބެޑުން ދޮންވެލި ނެގުން

6.1    އެކްސްކަވޭޓަރ، ބެކް އޯ ލޯޑަރު، ޑަމްޕަރު ފަދަ ހެވީ ވެހިކަލެއް ބޭނުންކޮށްގެން ދޮންވެލި ނަގާނަމަ ޢަމަލުކުރާނީ ތިރީގައި އެވާ ގޮތަށެވެ.

6.2    ހެވީ ވެހިކަލެއްގެ ގޮތުގައި ބޭނުންކުރަންވާނީ ސަރުކާރުގެ ކުންފުންޏެއްގެ ހެވީ ވެހިކަލެކެވެ.

6.3    ހެވީ ވެހިކަލެއް ބޭނުންކޮށްގެން ދޮންވެލި ނަގާނަމަ، ދޮންވެލި މިންކުރާނީ 15 ޓަނުގެ ލޮރީންނެވެ.

6.4    މި އުސޫލުގެ 3 ޕޮއިންޓްގައިވާ ގޮތުގެ މަތިން މިންކޮށް ތިނަދޫގައި ރަޖިސްޓްރީކޮށްފައިވާ ގޯތިތަކުގެ ތެރެއިން ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހަދާފައިވާ ގޯތިތަކާއި މީހުން ދިރިއުޅުމަށް ޢިމާރާތްކުރަމުން ގެންދާ ގޯތިތަކާއި ގޯތީގެ ރަޖިސްޓްރީ ހަދައި އިންވަކި ކޮށްފައިވާ ގޯތިތަކަށް ދޫކުރާނީ  ކޮންމެ ގޯއްޗަކަށް 15 ޓަނުގެ 1 ލޮރީއެވެ.

6.5    ހެވީ ވެހިކަލް ކުއްޔަށް ހިފުމާއި ލޮރީ ކުއްޔަށް ހިފުމަކީ ދޮންވެލި ބޭނުން ކުރާ ފަރާތުގެ ޒިންމާއެކެވެ.

  1. ވިއްސާރައިގައި ފެންބޮޑުވުމުގެ ކާރިޘާތަކުން އަސަރުކުރާ ގެތަކަށް ވެލި ދޫކުރުން.

7.1    ދިމާވާ ކާރިޘާ ތަކުގެ ސަބަބުން ފެންބޮޑުވާ މީހުން ދިރިއުޅޭ ތަންތަނަށް ދޮންވެލި ބޭނުންވާ ނަމަ، ޙާލަތު ދިރާސާ ކުރުމަށް އިދާރާއިން ކަނޑައަޅާ މުވައްޒަފުން ތައްޔާރުކުރާ ރިޕޯޓަށް ރިޢާޔަތްކޮށް އަދި އިމަރޖެންސީއެއްގައި ނަމަ، އިދާރާގެ ވެރިޔަކު ކަނޑައަޅާ ގޮތެއްގެ މަތިން އެފަދަ ގެތަކަށް ވެލި އަޅައިދެވޭނެއެވެ.

7.2    ކާރިޘާ ތަކުގައި ފެންބޮޑުވެގެން ވެލި އަޅައިދިނުމަށް ކުރަންޖެހޭ އެންމެހާ ޚަރަދުތައް ކުރާނީ ތިނަދޫ ކައުންސިލުގެ އިދާރާއިންނެވެ.

7.3    މި އުސޫލުގެ 2.3 ގައި ބަޔާންކުރަ ޚަރަދުތައް ކުރާނީ، ކައުންސިލުގެ އަހަރީ މަސައްކަތު ތާވަލުގައިވާ އެކްޓިވިޓީތަކަށް ރިޢާޔަތްކޮށްގެން އެކަމަށް ހިނގާ ޚަރަދު ކައުންސިލުގެ ރަސްމީ ބައްދަލުވުމަކުން ފާސްކޮށްގެންނެވެ.

  1. ދައުލަތުގެ މަޝްރޫޢުތަކަށް ދޮންވެލި ދޫކުރުން

8.1    ދައުލަތުން ތިނަދޫގެ ތަރައްޤީއަށް ހިންގާ އެއްވެސް މަޝްރޫޢަކަށް ދޮންވެލި ބެޑުން ދޮންވެލި ބޭނުންވާނަމަ، އެކަމަށް އެދި އެ މަޝްރޫޢެއް ހިންގަވާ މުވައްސަސާއެއް މެދުވެރިކޮށް ކޮންޓްރެކްޓަރު ލިޔުމުން އެދުމުން އެ މަޝްރޫޢަށް ބޭނުންވާ މިންވަރަށް ދޮންވެލި ދޫކުރަންވާނެއެވެ.

8.2    ދައުލަތުގެ މަޝްރޫޢުތަކަށް ދޮންވެލި ނެގުމަށް ކުރަންޖެހޭ އެއްމެހާ ޚަރަދުތައް ކުރާނީ އެ މަޝްރޫޢެއް ހިންގާ ކޮންޓްރެޓަރެކެވެ.

8.3    ދައުލަތުގެ މަޝްރޫޢުތަކަށް ދޮންވެލި ދޫކުރާއިރު ދޫކުރެވޭނީ އެޅޭ ކޮންމެ ލޮރީއަކަށް 500 ރުފިޔާގެ ރޭޓަކުންނެވެ.

  1. ވެލިބެޑުން ދޫކުރެވޭ ވެލިން ގައު އެޅުމާއި، އަދިވެސް މިބާވަތުގެ ވިޔަފާރީގެ ބޭނުން ކުރުމަކީ މަނާކަމަކެވެ.

މި އުޞޫލްގެ ދަށުން ދޫކުރާ ވެލި މި އިދާރާގައި ރަޖިސްޓްރީ ކޮށްފައިވާ ބިމަކަށް ނޫން އެހެން އެއްވެސް ތަނަކަށް ގެންދިއުމަކީ މަނާކަމެކެވެ. އަދި މިއާއި ޚިލާފުވާގޮތަށް ބެޑުން ވެލި ބޭނުންކުރިކަން ކައުންސިލްގެ އިދާރާއަށް ފާހަގަ ކުރެވިއްޖެނަމަ އެފަރާތަކާއި މެދު ޤާނޫނީ ފިޔަވަޅުއެޅޭނެއެވެ. 

21 ޖަނަވަރީ 2018
ހޯދާ