ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އަހަރީ އާއްމު ޖަލްސާ 2018

16 ޖަނަވަރީ 2018 ގައި ބޭއްވުނު މިއެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ 2018 ވަނަ އަހަރުގެ ފުރަތަމަ ޖަލްސާގައި މިއެސޯސިއޭޝަންގެ އަހަރީ އާއްމު ޖަލްސާ 25 މާރިޗު 2018 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ވާހަކަ އެންމެހާ މެމްބަރުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ. މި ޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު މި އެސޯސިއޭޝަންގެ އެންމެހާ މެމްބަރުންނަށް ވަނީ ހުޅުވާލެވިފައެވެ.

މިޖަލްސާގައި މިއެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ ތިރީގައި މިވާ މަޤާމް ހުސްވެފައިވާތީވެ އެމަޤާމަށް ބޭފުޅަކު އިންތިހާބު ކުރުން އޮންނާނެއެވެ.

 

މަގާމް: އެގްޒެކެޓިވް ކޮމިޓީގެ އަންހެން މެމްބަރުން ތަމްޞީލް ކުރާ އަންހެން މެމްބަރުު

 

ވީމާ، މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން މިއެސޯސިއޭޝަނަށް އެބޭފުޅެއްގެ ވަނަވަރު، އައި.ޑީ. ކާޑްގެ ކޮޕީއާއެކު 01 މާރިޗު 2018 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން މިއެސޯސިއޭޝަނަށް ސިޓީ ފޮނުއްވުން އެދެމެވެ.

18 ޖަނަވަރީ 2018
ހޯދާ