މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަރުދަމާ ހޮޅިލައިންތައް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

             އެކިފަރާތްތަކުން ރަށުގެ މަގުތަކުގައި އަޅާފައިވާ ނަރުދަމާ ހޮޅިތައް ބެދި މައްސަލަ ދިމާވުމުން އެކަން ރަގަޅު ކޮށްދިނުމަށްޓަކައި ކައުންސިލުން މިވޭތުވެދިޔަ ދުވަސްތަކުގައި ވަރަށްބޮޑު ހޭދައެއް ކުރެވިފައި ވެއެވެ. މިގޮތުން ކުރިއަށްއޮތް ތަނުގައިވެސް ނަރުދަމާ ޤާއިމް ކުރެވެންދެން ގޭގެއިން މިކައުންސިލަށް ޝަކުވާ ހުށަހެޅުމުން މަގުމަތީ ލައިން ސާފުކޮށް ބެލެހެއްޓުމަށް ހަމަޖެހިފައި ވެއެވެ. މިހެންކަމުން 1 އަހަރުދުވަހުގެ މުއްދަތަށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ އެވެ.  

             ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 ޖަނަވަރީ 2018 ވާ ހޯމަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 31 ޖަނަވަރީ 2018 ވާ ބުދަ ދުވަހުގެ 12:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

            މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދެންނެވީމެވެ. 

18 ޖަނަވަރީ 2018
ހޯދާ