ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މީޑިއަރ ސެންޓަރުގެ ބިން ސާފުކުރުން

މީޑިއަރ ސެންޓަރުގެ ބިން ސާފުކުރުން

މީޑިއާ ސެންޓަރަށް ދޫކޮށަފައިވާ ބިން ސާފުކޮށް ބިންގަނޑު އެއްވަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްއެވެ.

ވީމާ، މިކަމަށް ޝައުޤުވެލައްވާ ފަރާތްތަކުން 2018 ޖަނަވަރީ 25 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު2018 ޖަނަވަރީ 29 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ހަމަޖެހިފައިވާ ގަޑިއަށް ވަޑައިގެން މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވަންޖެހޭ ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަންދާސީ ހިސާބު އޮންނަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "މީޑިއަރ ސެންޓަރުގެ ބިން ސާފުކޮށްދިނުން އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

20 ޖަނަވަރީ 2018
ހޯދާ