ނާލާފުށީ ސްކޫލް
ދިވެހިރާއްޖެ
މިސްކޫލްގެ 2018 ވަނަ އަހަރު ސެކިއުރިޓީ އައުޓްސޯސްކޮށް ޚިދުމަތްދޭނެ ފަރާތެއް ބޭނުންވެއްޖެ

މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް 18 އޮކްޓޯބަރ 2017 ގައި ކުރެވުނު އިޢުލާނާއި ގުޅިގެން ދެވުނު މަޢުލޫމާތުޝީޓުގައި ބައެއް މައްސަލަތަށް ހުރުމާއިއެކު އެއިޢުލާނު ބާތިލްކޮށް އަލުން އިޢުލާނުކުރަމެވެ.

މިމަސައްކަތަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ( ޤާނޫނު ނަމްބަރ 18/2014)ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަމްބަރ: 19/2014) ގެދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ، މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚު

ގަޑި

ތަން    

މައުލޫމާތު ދިނުމުގެ ބައްދަލުވުން

23 ޖެނުއަރީ 2018

އަންގާރަ

11:00

ނާލާފުށީ ސްކޫލް

އަންދާސީ ހިސާބު ހުށައެޅުން

28 ޖެނުއަރީ 2018

އާދީއްތަ

11:00

ނާލާފުށީ ސްކޫލް

އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސްކޫލްގެ ނަމްބަރ 7952907 ފޯނާ ގުޅުއްވުން އެދެމެވެ.

 

              01 ޖުމާދަލްޢޫލާ 1439

              18 ޖެނުއަރީ 2018

 

18 ޖަނަވަރީ 2018
ހޯދާ