ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ އަތޮޅު ހޮސްޕިޓަލްގައި ވިހާ ކުދިންގެ މަސް ރައްކާތެރި ގޮތުގައި ނައްތާލުމާ ބެހޭ

ހއ އަތޮޅު ހޮސްޕިޓަލްގައި ވިހާ ކުދިންގެ މަސް ރައްކާތެރިގޮތުގައި ނައްތާލުމުގައި ރައްޔިތުންނަށް މި ވަގުތު ދަތިތަކެއް ކުރިމަތިވަމުންދާތީ، އެކަމަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން މި ކައުންސިލާއި ހއ އަތޮޅު ހޮސްޕިޓަލާ ދެމެދު ކުރެވުނު މަޝްވަރާއިން ނިންމިފައިވަނީ އެ ހޮސްޕިޓަލްގައި ވިހާ ކުދިންގެ މަސް ވަޅުލުމަށްޓަކައި ދިއްދޫ އުތުރު ޤަބުރުސްތާނުގައި ޚާއްޞަ ސަރަހައްދެއް ކަނޑައެޅުމަށެވެ. އެ ގޮތުން، މިހާރު އެ ޤަބުރުސްތާނުގެ ހުޅަނގު ދެކުނު ކަނުގައި އެ ފަދަ ސަރަހައްދެއް ވާނީ މި ކައުންސިލުން ކަނޑައަޅައި ފާހަގަކޮށްފައެވެ. އަދި މަސް ވަޅުލުމަށް ބޭނުންވާ ތަކެތި އެ ސަރަހައްދުގައި ދާއިމީކޮށް ކައުންސިލުން ބަހައްޓާފައި ހުންނާނެއެވެ. 

ވީމާ، ހއ އަތޮޅު ހޮސްޕިޓަލްގައި ވިހާ ކުދިންގެ މަސް ރައްކާތެރިގޮތެއްގައި ނައްތާލުމަށްޓަކައި މީގެ ފަހުން މަސް ވަޅުލާނީ ދިއްދޫ އުތުރު ޤަބުރުސްތާނުގެ ހުޅަނގު ދެކުނު ކަނުގައި އެކަމަށް ޚާއްޞަ ކުރެވިފައިވާ ސަރަހައްދުގައި ކަމުގައި ހުރިހާ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

30 ރަބީޢުލްއާޚިރު 1439

17 ޖަނަވަރީ 2018

18 ޖަނަވަރީ 2018
ހޯދާ