ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފާމަސީ އެސިސްޓަންޓުން ހޯދުމަށް
ވަޒީފާގެ ފުރުޞަތު
މިކުންފުނީގެމިދަންނަވާމަޤާމްތަކަށްމުވައްޒަފުންބޭނުންވެއްޖެއެވެ.
މަސައްކަތްކުރަންޖެހޭ ތަން |
އަސާސީ މުސާރަ |
ޢަދަދު |
މަޤާމު |
އެސް.ޓީ.އޯ ގއ. ދާންދޫ ފާމަސީ |
3380/-ރ |
1 |
ފާރމަސީ އެސިސްޓަންޓް |
އެސް.ޓީ.އޯ ގދ.ފިޔޯރީ ފާމަސީ |
3380/-ރ |
1 |
ފާރމަސީ އެސިސްޓަންޓް |
އެހެނިހެން އިނާޔަތްތައް
- އިތުރު އެލަވަންސްގެ ގޮތުގައި 1500.00ރ އާއި 2450.00ރ އާ ދެމެދުގެ ޢަދަދެއް ލިބޭނެއެވެ.
- ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ލިބޭނެއެވެ.
- މަތީތަޢުލީމު ހާސިލް ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
- އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާއި ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ޕްރޮބޭޝަން ފުރިހަމަކުރުމުން ސްޓާފް ހެލްތު އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.
މަޤާމްގެ މަސްއޫލިއްޔަތު
- ކަސްޓަމަރުންނަށް ތަނުންލިބެން ހުންނަ ޚިދުމަތް ފޯރުކޮށްދިނުން
- ބިލް ހެދުން އަދި ކްރެޑިޓް ބިލް ޗެއްކުރުން
- ރެކްތަކުގާއި ބޭސް ޖެހުން އަދި މުއްދަތުހަމަވާ ބޭސްތައް ޗެއްކުރުން
- އާސަންދައިން ދޫކުރާ ބޭސްތަކުގެ ޓްރާންސެކްޝަންތައް ބެލެހެއްޓުން
ފެންވަރު ނުވަތަ ޝަރުތު
- ފާމަސީއާ ގުޅޭ ދާއިރާއަކުން ކޯސް ފުރިހަމަ ކޮށްފައިވުން ނުވަތަ
- ޖީ.ސީ.އީ އޯލެވެލް އިމްތިހާން ފުރިހަމަ ކޮއްފައިވުން
އެހެނިހެން ހުނަރު
- މައިކްރޯސޮފްޓް ވޯޑް އަދި އެކްސެލްއަށް ފަރިތަވުން
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުވައްޒިފެއް ކަމުގައިވުން
- މަޤާމާއި ގުޅުންހުރި ދާއިރާއަކުން މަސައްކަތުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ
ސުންގަޑި
މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2018 ޖަނަވަރީ 22 ވަނަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯއަށް ވަޒީފާއަށް އެދި ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން (http://sto.mv/Downloads.aspx) ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.
ނޯޓް
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއިއެކުގައެވެ)
- މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުތަޖުރިބާ އަދި އިންޓަވިއުއަށްބަލައި އެންމެމަތިން މާކްސްލިބޭ ފަރާތްތަަކެވެ.
- އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
- ގުޅޭނެ ނަންބަރު: 3344245 / އީމެއިލް އެޑްރެސް:[email protected]
2018 ޖަނަވަރީ 16
16 ޖަނަވަރީ 2018
ހޯދާ