ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތުު (މަސައްކަތު)

ވަޒީފާގެ ފުރުޞަތުު

ނަންބަރ : GS-65-A/2018/10

ތާރީޚު : 15 ޖެނުއަރީ 2018

           

މަޤާމު :

މަސައްކަތު

މަޤާމުގެ ނަމްބަރ:

J223273

ބޭނުންވާ ޢަދަދު:

01

މަޤާމުގެ ރޭންކް:

އެސް އެސް 1

މަޤާމުގެ ކުލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގުރޭޑް 1

މަޤާމްގެ ގިންތި:

 ދާއިމީ

ސެކްޝަން:

އެޑްމިނިސްޓްރޭޝަން

މަޤާމް އޮތް އޮފީސް:

ވިލުފުށީ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ވިލުފުށީ ސްކޫލު / ތ.ވިލުފުށި

މުސާރަ:

 މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް:

 މަހަކު -/1000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1.  ސްކޫލު ގޯތިތެރެއާއި ވަށައިގެންވާ މަގުތައް ހަފްތާގެ މަސައްކަތު ކޮންމެ ދުވަހަކު ކުނިކަހާ ސާފުކުރުން.

2. އޮފީސް، ޕްރިންސިޕަލް ރޫމް، މިސްކިތް، ސްޓާފްރޫމް ކުނިކަހާ ސާފުކޮށް އަދި ގޮނޑި މޭޒު ހަޑިވެފައިވާނަމަ ރަނގަޅަށް ރީތިކޮށް ސާފުކުރުން.

3. ޢިމާރާތުގެ ވަށައިގެންވާ ޕާކުތަކާއި ގޯތިތެރޭގަ ގަސްހެއްދިފައިވާ ޕާކުތަކަށް އެޅޭ ކުނިތައް ނަގާ ސާފުކުރުން.

4. ސްކޫލު ގޯތިތެރޭގަ ކުނިވާޒާތުގެ ނުވަތަ ފެންހަރުލާގޮތަށް އެއްޗެއް ހުރިހަމަ ވަގުތުން އެކަމެއް ޙައްލުކުރުން.

5. ސްޓާފްރޫމް އަދި އޮފީހުގެ ސާފުތާހިރުކަންހުރި ގޮތެއްބަލައި މުވައްޒިފުންގެ މަސައްކަތްތަށް ދަތިނުވާނެގޮތުގެ މަތިން ކޮންމެދުވަހަކު ސާފުކޮށް މޮޕްކުރުން.

6. ޙަވާލުކުރެވޭ ކުލާސްރޫމަތައް ކޮންމެދުވަހަކުވެސް ކުނިކަހާ ސާފުކޮށް މޮޕްލުން.

7. ސެޝަން ނިމުމުން މުވައްޒަފުންގެ ފާޚާނާ އަދި ދަރިވަރުންގެ ފާޚާނާތަށް ރަނގަޅަށް ރީތިކޮށް ވަސްނުހުންނާނެހެން ސާފުކުރުން. އަދި ޑިޔުޓީގަ ދޭތެރެދޭތެރެއިން ފާޚާނާގެ އާއްމު ސާފުތާހިރުކަން ބަލާ ރަނގަޅު ކުރަންޖެހޭނަމަ ރަނގަޅުކުރުން.

8. ޙަވާލުކުރެވޭ ކުލާސްތަކުގެ ބޯޑުތަކާއި، ފަންކާތަކާއި، ދޮރުތަކާއި ދޮރުފަތްތައް، ބިއްލޫރިތައް އަދި ދާރަތައް ހަފްތާއަކު އެއްފަހަރު ފޮހެ ސާފުކުރުން.

9. ސެޝަން ނިމުމުން ހުރިހާ ކުލާސްރޫމުތަކެއް ފޮޅާ ސާފުކޮށް މޮޕުއަޅާ އެންމެހާ ފަރުނީޗަރތައް ސާފުކޮށް ތަރުތީބު ކުރުން.

10. ކުލާސްރޫމްތަކުގައި ދިމާވާ އެކިއެކި މައްސަލަތަށް އިދާރާއިން ނުވަތަ މުދައްރިސުން އެދޭ ކަންކަމުގައި އަވަސް އެހީތެރިކެމެއް ދިނުން.

11. ބޭއްވޭ ބައްދަލުވުންތަކާއި ޖަލްސާތަކަށް ތަން ތައްޔާރުކުރުމާއި ކުލާސްތައް ކަނޑައެޅިފައިވާ އުޞޫލުގެ މަތިން ރޭވުން.

12. ސްކޫލުގަ ކުރިއަށްދާ ޚާއްޞަ ޙަރަކާތްތަކުގައާއި މަސައްކަތްތަކުގަ ބައިވެރިވުމާއި، މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން.

13. އޮފީސްތަކަށާއި، އަމިއްލަފަރާތްތަކަށް ފޮނުވަންޖެހޭ ތަކެތި އިދާރާއިން އަންގާގޮތެއްގެމަތީން ރައްދުކުރުން.

14. ރަށުގެ ފިހާރަތަކުންނާއި، އެހެނިހެން ގޮތްގޮތުން ހޯދަންޖެހޭ ތަކެތި އިދާރާއިން އަންގާގޮތެއްގެމަތީން ސްކޫލަށް ގެނައުން.

15. ކިޔަވައިދޭ ރަސްމީ ދަންފަޅީގައި ދަރިވަރުންގެ ފާޚާނާއާ ކައިރި ހިސާބެއްގައި ކޮންމެވެސް އެއް މަސައްކަތު މީހަކު މަޑުކުރުން.

16. ދުވާލުގެ ކުނިކެހުމާއި އެފަދަ އާންމު މަސައްކަތްތަށް ނިމުމުން މަސައްކަތު މުވައްޒަފުން ތިބުމަށް ކަނޑައެޅޭ ސްޓޭޝަނުގައި މަޑުކުރުން.

17. އެކިއެކި ފަރާތްތަކަށް ދެންނެވުމަށް އޮފީހުން ދެއްވަވާ ދެންނެވުންތައް އެފަރާތްތަކަށް ދެންނެވުން.

މަޤާމުގެ ޝަރުޠުތައް:

  1. ލިޔަންކިޔަން ދަތުމާއެކު މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ގާބިލްކަން ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީން
  2. މަސައްކަތު ތަޖުރިބާ
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަން ކަށަވަރު ކުރުމަށް އިންޓަވިއުކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް:

1 - ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް

2 - ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު).

3 - ވަޒީފާއަށް އެދޭފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4 - ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

 5 - ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

ހ – މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތައުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގުރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ގަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) .

ށ . ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގުރާމުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

ނ -– ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

6 – ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7 – ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓް ކޮޕީ.

8 -  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

       ހ . ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

        ށ . އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ވިލުފުށީ ސްކޫލު އޮފީހުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 23 ޖެނުއަރީ 2018 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން، ތ.ވިލުފުށީ ސްކޫލު އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، [email protected]  އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ

 ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 24 ޖެނުއަރީ 2018 އާއި 25 ޖެނުއަރީ2018 އާ ދެމެދު، ތ.ވިލުފުށީ ސްކޫލުގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން  25%(ފަންސަވިސް އިންސައްތަ) އަށްވުރެ މަތިވާންޖެހޭނެއެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރުމަށް:

 މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7940633 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނި  [email protected]  އަށެވެ.

15 ޖެނުއަރީ 2018 

15 ޖަނަވަރީ 2018
ހޯދާ