މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމްޓީސީސީ ގެ ދާންނާ ގިމަތަ އިމާރާތުގެ ގޯތިތެރޭގައި ޓަކްޝޮޕެއް އިމާރާތްކޮށް ހިންގާނެ ފަރާތެއް ހޯދުން

MTCC-PD/IU/2017/0008. ނަންބަރ:                                                                            

 

އިޢުލާން

 

 އެމްޓީސީސީ ގެ ދާންނާ ގިމަތަ އިމާރާތުގެ ގޯތިތެރޭގައި ޓަކްޝޮޕެއް އިމާރާތްކޮށް ހިންގާނެ ފަރާތެއް ހޯދުން:

           އެމްޓީސީސީގެ ދާންނާ ގިމަތަ (މާލެ ވިލިނގިލި ފެރީ ޓާރމިނަލް) ގޯތިތެރޭގައި ޓަކްޝޮޕެއް އިމާރާތްކޮށް ކުއްޔަށް ހިންގާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

            ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 ޖަނަވަރީ 23 ވަނަ ދުވަހުގެ 14:00 އަށް، އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާ ބޯޑް ރޫމް އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 ފެބުރުވަރީ 01 ވަނަ ދުވަހުގެ 14:00 އަށް އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާ ބޯޑް ރޫމް އަށް، ބަންދުކުރެވިފައިވާ ސިޓީއުރައިގައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.

 

                    

28 ރަބީއުލް އާޙިރު 1439                                                                                                                                                                                                                                                                                                                                                      15  ޖަނަވަރީ 2018

15 ޖަނަވަރީ 2018
ހޯދާ