ދިވެހިރާއްޖެ
އެސްޓީއޯ ފިހާރަތަކަށް ކަނޑުމަގުން މުދާ ގެންގޮސްދޭނެ ފަރާތެއް (ދޯނި/ބޯޓް) ހޯދަން ބޭނުންވެއްޖެ.
އެސްޓީއޯ ފިހާރަތަކަށް ކަނޑުމަގުން މުދާ ގެންގޮސްދޭނެ ފަރާތެއް (ދޯނި/ބޯޓް) ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
މަސައްކަތުގެ މުއްދަތު: 01 އަހަރު
ރަޖިސްޓަރީ ކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2018 ޖެނުއަރީ 22 ވާ ދުވަހު 1000 ގެ ކުރިން އެސް.ޓީ.އޯ ހެޑް އޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.
ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2018 ޖެނުއަރީ 22 ވާ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.
މައުލޫމާތު ދިނުން : ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2018 ޖެނުއަރީ 23 ވަނަ ދުވަހު 1300 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ހެޑް އޮފީހުގައި އޮންނާނެއެވެ.
ސުވާލާއި ޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2018 ޖެނުއަރީ 25 ވާ ދުވަހުގެ 1300 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2018 ޖެނުއަރީ 28 ވަނަ ދުވަސް ނިމުމުގެކުރިން ޖަވާބުދާރީ ވެވޭނެއެވެ.
ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2018 ފެބްރުއަރީ 04 ވަނަ ދުވަހު 1300 ގައި އެސް.ޓީ.އޯ ހެޑް އޮފީހުގައެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:
ފޯނު: 3344339، 3344321
ފެކުސް: 3344633
އީމެއިލް: [email protected]
15 ޖެނުއަރީ 2018