މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
އެމް.ބީ.އޭ ޔުނިފޯމް ކޯޑު އަދި ފީބާގެ އައު ޤަވާއިދަށް އަމަލުކުރުން

 

1 ފެބްރުއަރީ 2018 އިން ފެށިގެން މިއެސޯސިއޭޝަނުން ރާވާ ހިންގާ މުބާރާތްތަކުގައި އެމް.ބީ.އޭ ޔުނިފޯމް ކޯޑާއި ފީބާގެ އައު ޤަވާއިދަށް އަމަލުކުރުމަށް މިއެސޯސިއޭޝަނުން ވަނީ ނިންމާފައެވެ. އަދި މިޤަވާއިދުތައް ޓީމްތަކުގެ ކުޅުންތެރިންނާ ހިއްސާ ކުރުމަށް، މަޢުލޫމާތު ސެޝަންތަކެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ ތިރީގައި ދެންނެވިފައިވާ ތާވަލް އާއެއްގޮތައް ޓީމްތަކުގެ ކުޅުންތެރިން މިސެޝަންތަކުގައި ބައިވެރުމަކީ މިއެސޯސިއޭޝަންގެ އެދުމެކެވެ.

ހަމައެއާއެކު އެއްވެސް ކްލަބެއް ވަކިން ސެޝަން ނަގަން ބޭނުންވާނަމަ މިއެސޯސިއޭޝަނުން އެކަން ހަމަޖައްސާދޭނެ ވާހަކަވެސް ދަންނަވަމެވެ.

 ޑިވިޝަން

ތާރީޚް

ގަޑި

 ތަން

 އަންހެން ޑިވިޝަން ޓީމްތައް

17 ޖެނުއަރީ 2018

20:00

 ޒުވާނުންގެ މަރުކަޒު ސެމިނަރ ރޫމް

 ފިރިހެން 1 ވަނަ ޑިވިޝަން ޓީމްތައް

19 ޖެނުއަރީ 2018

20:00

 ޒުވާނުންގެ މަރުކަޒު ސެމިނަރ ރޫމް

 ފިރިހެން 2 ވަނަ ޑިވިޝަން ޓީމްތައް

21 ޖެނުއަރީ 2018

20:00

 ޒުވާނުންގެ މަރުކަޒު ސެމިނަރ ރޫމް

14 ޖަނަވަރީ 2018
ހޯދާ