ށ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ށ. ފޭދޫ ސިއްޙީމަރުކަޒުގައި ގުދަނަކާއި ލޯންޑްރީއެއް ޢިމާރާތްކުރުން

އިޢުލާން

 

ށ. ފޭދޫ ސިއްޙީމަރުކަޒުގައި ގުދަނަކާއި ލޯންޑްރީއެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 06 ޑިސެމްބަރ 2017 ގައި ކުރެވުނު ނަންބަރ: (IUL)SH-FAH-RM/SH-FAH/2017/8 އިޢުލާނާއި ގުޅިގެން ހުށަހެޅި ބައެއް އަންދާސީ ހިސާބުގައި މައްސަލަ ފާހަގަކުރެވުމުގެ ސަބަބުން، އެއިޢުލާން ބާތިލު ކޮށް އެމަސައްކަތް ކުރުމަށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 16 ޖެނުއަރީ 2018 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް ށ. އަތޮޅު ހޮސްޕިޓަލަށް ނުވަތަ ށ. ފޭދޫ ސިއްޙީމަރުކަޒަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 21 ޖެނުއަރީ 2018 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އަށް ށ. އަތޮޅު ހޮސްޕިޓަލަށް ނުވަތަ ށ. ފޭދޫ ސިއްޙީމަރުކަޒަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

27 ރަބީޢުލްއާޚިރް 1439

14 ޖަނަވަރީ 2018
ހޯދާ