ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ލެބޯޓްރީ ޓެކްނޮލޮޖިސްޓް

މަޤާމް: ލެބޯޓްރީ ޓެކްނޮލޮޖިސްޓް

ޑިޕާޓްމަންޓް: ޑައިގްނޮސްޓިކްސް އެންޑް ފިޒިއޮތެރަޕީ

މަސައްކަތް ކުރަންޖެހޭ ތަން:ހުޅުމާލެ ހޮސްޕިޓަލްގެ ލެބޯޓްރީ

ތަޢުލީމާ ތަޖުރިބާ:

 

1.       ސަރުކާރު ގަބޫލުކުރާ އިންސްޓިޓިއުޓެއްގައި 2 އަހަރަށްވުރެ ކުރުނޫން މުއްދަތެއްގެ ސެޓްފިކެޓް ނުވަތަ ޑިޕްލޮމާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލް ކޮށްފައިވުމާއެކު މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގައި ރެޖިސްޓްރީވެފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 

1-       އޯޕީޑީއާއި އައިޕީޑީއަށް އަންނަބަލިމީހުންގެ ސާމްޕަލްތައް ބަލައިގަތުމާއި އައިޑެންޓިފިކޭޝަންތައް ޗެކްކުރުން.

2-       ކުރަންޖެހޭ ތަޙްލީލްތަކުގައި ލަފާހޯދަންޖެހޭ ފަރާތްތަކާއި ގުޅައިގެން ލަފާހޯދާ،ބަލިމީހާއަށް އެންމެފުރިހަމަ ޚިދުމަތެއް ފޯރުކޮށްދީ ބަލިމީހާއަށް ބޭނުންވާ މަޢުލާމާތު ސާފުކޮށްދިނުން.

3-       ޑިއުޓީތަކުގައި ކުރަންޖެހޭ ޓެސްޓްތައް ސްޓޭންޑަރޑް އޮޕަރޭޓިން ޕްރޮސީޖަރއާއި އެއްގޮތަށް ޕްރޮސެސް ކުރުމާއި ޓެސްޓްތައް ފުރިހަމަކުރުމާއެކު،ރިޕޯޓްތައް ގަޑިއަށް ތައްޔާރުކުރުން.

4-       ރެޖިސްޓްރީތަކުގައި ލިޔަންޖެހޭނަތީޖާތައް ރަނގަޅަށްލިޔެޗެކްކޮށް ފުރިހަމައަށް ބެލެހެއްޓުމާއި، ކޮމްޕިއުޓަރ ސިސްޓަމަށް އެންޓަރ ކޮށް ބެލެހެއްޓުމާއި ޓެސްޓް ނަތީޖާއާއި ބެހޭގޮތުން އުފެދޭ ސުވާލުތަކަށް ޖަވާބުދިނުން.

5-       ޚާއްޞަ ލެބޯޓްރީ ޓެސްޓްތައް ކުރުމާއި ކުރެވޭ ޓެސްޓްތައް އިތުރަށް ފުރިހަމަކުރުމަށް މަސައްކަތް ކުރުން.

6-       ހޮސްޕިޓަލުގެ ސިޔާސަތުތައް ހާސިލްކުރުމަށްކުރެވޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އޮފީހުގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައްކުރުން.

 

 

 

 

 

 

 

މުސާރައާއި އިނާޔަތް : ހުޅުމާލެ ހޮސްޕިޓަލްގެ މުސާރައާއި އެލަވަންސްތަކުގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން

ކުރިމަތިލުމުގެ ސުންގަޑި: 2018 ޑިސެމްބަރ 31 ވަނަ ދުވަހު މެންދުރު 12:00 ގެ ކުރިން

މިމަޤާމް ތަކަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރ E-01—04 އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާއަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ  ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.


·         ވަޒީފާއަށް އެދޭ ފޯމު

·         ސީވީ

·         ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

·         ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ

·         ޕޮލިސް ރިޕޯޓް

·         މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް ރެޖިސްޓްރޭޝަން

·         މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން/ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.


ޚާއްޞަ ސަމާލުކަމަށް:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

.

14 ޖަނަވަރީ 2018
ހޯދާ