އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ލީގަލް އެއިޑްގެ ކޮންސަލްޓަންސީ ފުރުޞަތު ހުޅުވާލުން

ނަންބަރު: IUL)32-HRD/1/2018/5

 

އިޢުލާން

 

ލީގަލް އެއިޑްގެ ކޮންސަލްޓަންސީ ފުރުޞަތު ހުޅުވާލުން

 

ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތެއްކޮށްދިނުމަށްޓަކައި ލީގަލް އެއިޑް ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކޮށްދޭނެ 2 ފަރާތެއް އެޓަރނީ ޖެނެރަލްގެ އޮފީހަށް ބޭނުންވެއެވެ.

 

މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކުވާ "ޓަރމްސް އޮފް ރިފަރެންސް" ގައި އެވަނީއެވެ. އަދި މި "ޓަރމްސް އޮފް ރިފަރެންސް" އެޓަރނީ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓް (http://agoffice.gov.mv) އިން ލިބެން ހުންނާނެއެވެ.

 

މި މަސައްކަތްކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ސެޝަން 17 ޖަނަވަރީ 2018 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި އެޓަރނީ ޖެނެރަލްގެ އޮފީހުގައި އޮންނާނެއެވެ. އަދި މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައި، މި އިޢުލާނާއެކުވާ "ޓަރމްސް އޮފް ރިފަރެންސް" ގައި ބަޔާންކުރާ ލިޔެކިޔުންތައް 23 ޖަނަވަރީ 2018 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

 

މިކަމާބެހޭ އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް މި އޮފީހުގެ ނަންބަރު 3010126 ފޯނާ ގުޅުއްވުން އެދެމެވެ.

 

24 ރަބީޢުލްއާޚިރު 1439

14 ޖަނަވަރީ 2018
ހޯދާ