ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. އަތޮޅު ކައުންސިލަށް ސްޕީޑް ލޯންޗެއް ހޯދުން

މިއިދާރާއަށް 12 މީހުންގެ ޖާގައިގެ (24 ފޫޓް) ސްޕީޑް ލޯންޗެއް ބަނދެދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޑް ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލައި މިކަން އާންމުކޮށް އިޢުލާނު ކުރީމެވެ. މި މަސައްކަތް ކޮށްދިނުމަށް ބޭނުންފުޅުވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށްދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 18 ޖަނަވަރީ 2018 ވާ ބުރާސްފަތި ދުވަހު 10:30 ގައި މިއިދާރާގައެވެ. މައުލޫމާތު ސާފުކުރެއްވި ފަރާތްތަކުގެ ތެރެއިން ބިޑް ހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޑް ހުށަހެޅުން އޮންނާނީ 25 ޖަނަވަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި މިއިދާރާގައެވެ. މައުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކާއި ދެންނެވީމެވެ.

11 ޖަނަވަރީ 2018
ހޯދާ