މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
Marketing Executive

 ވަޒީފާގެ ފުރުޞަތު

 

މަޤާމް :

މާރކެޓިންގ އެގްޒެކެޓިވް

ބޭނުންވާ އަދަދު:

1 ( އެކެއް )

މުސާރައާއި އެލަވަންސް:

  1. މުސާރަ: މަހަކު -/7259 ރުފިޔާ ( އަށްހާސް  ހަތްސަތޭކަ ފަންސާސް ރުފިޔާ)
  2. ސަރވިސް އެލަވަންސް: މަހަކު -/3510 ރުފިޔާ ( ތިންހާސް ހަތްސަތޭކަ ފަންސާސް ރުފިޔާ)
  3. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އޮފީސް:

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް  

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

  • ބިޒްނަސް އަދި މާރކެޓިންގ ދާއިރާއިން ޑިގްރީ ޙާޞިލްކޮށްފައިވުމާއެކު 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން
  • ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރެވޭނެ ފަރާތްތަކަށްވުމާއެކު ނުރަސްމީގަޑިތަކުގައި  ދިމާވާ  ކުއްލި ޙާލަތްތަކުގައި މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން.
  • ދަތުރުފަތުރުކޮށް އުޅުމުގެ ދަތިކަމެއްނެތް ފަރާތަކަށްވުން
  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.

މަޤާމުގެ މަސްޢޫލިއްޔަތާއި ވާޖިބުތައް

 ބިޒްނަސްއާ ގުޅުންހުރި ޕްރޮމޯޝަންތައް ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި މާރކެޓް ރިސާރޗް ހެދުމާއި ޕްރޮޑަކްޓް މާރކެޓްކުރުމުގެ  މަސައްކަތްތައްކުރުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ލިބިފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
  • ކުރެވޭ އިންޓަރވިއު
  • ޤާނޫންތަކާއި ޤަވާއިދުތަކަށް އަހުލުވެރި މިންވަރު
  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ މީހެއްކަމުގައިވުން.

ރަސްމީ މަސައްކަތު ގަޑި:

  • ހެނދުނު 8:00 އިން ހަވީރު 15:00އަށް

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި، އިއުލާން ނަންބަރާއެކު)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ
  • ވަޒީފާ އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެންމެފަހުން އަދާކުރި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން
  • ޕޮލިސް ރިޕޯޓް ( ވަޒީފާއަށް ހޮވިއްޖެނަމަ، ހުށަހަޅަން ޖެހޭނެއެވެ. )

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 16 ޖަނަވަރީ 2018 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ޕޯސްޓް ބިލްޑިންގުގެ 03 ވަނަ ފަންގިފިލާގައި ހުންނަ ހިއުމަން ރިސޯސަސް ސެކްޝަން ހުށަހެޅުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި " ވަޒީފާއަށް އެދި" މިހެން ޖަހަންވާނެއެވެ.

އިންޓަވިއު:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް އެދި ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ސިޓީ އެޑްރެސްކުރާނެ ގޮތް:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި، ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލްކުރެވޭނެއެވެ.
  • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ،  3009271 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 3321559 އެވެ.

                       

                       9 ޖަނަވަރީ 2018

09 ޖަނަވަރީ 2018
ހޯދާ