ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
2018 ވަނަ އަހަރު މިމަރުކަޒުގެ ޕްރިންސިޕަލް ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމަށް

އިޢުލާން

2018 ވަނަ އަހަރު މިމަރުކަޒުގެ ޕްރިންސިޕަލް ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ.

މިމަރުކަޒުގެ ޕްރިންސިޕަލް ހުންނެވުމަށް 2 ކޮޓަރިއާއި އެޓޭޗް ފާޚާނާ، ސިޓިންގރޫމް ބަދިގެ އަދި ކާގެ ހިމެނޭގޮތަށް ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 ޖަނަވަރީ 2018 ވާ ބުދަ ދުވަހުގެ 11:00 އަށް މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 21 ޖަނަވަރީ 2018 ވާ އާދިއްތަ ދުވަހު 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި ގަޑިޖެހުމުގެ ފަހުން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަންނާނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވަން ބަދަލުގައި މީހަކު ފޮނުއްވާނަމަ، ފޮނުއްވާ ފަރާތުގެ ސިޓީއާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ އައި.ޑީ ކާޑު ކޮޕީ ހުށަހަޅުއްވަންވާނެއެވެ. 

08 ޖަނަވަރީ 2018
ހޯދާ