އިހަވަންދޫ ސްކޫލް
ދިވެހިރާއްޖެ
ރިލީފް ޓީޗަރ (ޤްރުއާން)

މުވައްޒަފުން ބޭނުންވެއްޖެ

 

މަޤާމުގެ ނަން:                      ރިލީފް ޓީޗަރ (ޤްރުއާން)

މަޤާމް އޮތް އޮފީސް:                    އިހަވަންދޫ ސްކޫލް

ބޭނުންވާ ޢަދަދު:                        1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:            އިހަވަންދޫ ސްކޫލް/ ހއ. އިހަވަންދޫ

މަޤާމުގެ ގިންތި:                        ވަގުތީ (ވަޒީފާއަށް ހޮވޭ ތާރީޚުން ފެށިގެން 3 މަސް ދުވަހަށް)

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ ޔުނިޓް:       އެކަޑަމިކް ސެކްޝަން

މަޤާމުގެ މަސްއޫލިއްޔަތު:

  • ހަވާލުކުރެވޭ ތާވަލާ އެއްގޮތަށް ކުލާސްތަކަށް ހާޒިރުވެ، "ސްކީމް އޮފް ވޯކް" ގައިވާގޮތަށް، މަންހަޖުގައި ބަޔާންކުރެވިފައިވާ ކަންތައްތައް ދަރިވަރުންނަށް ހާސިލުކޮށްދިނުން.
  • ޓީޗަރެއްގެ ހައިސިއްޔަތުން ހަވާލުކުރެވޭ އެންމެހައި ޒިންމާތައް އަދާކުރުން.
  • ފެންވަރާއި ހުނަރުގެގޮތުން ތަފާތު ކުދިންނަށް އަމާޒުކޮށްގެން އުނގަންނައިދިނުން.
  • ·         ކިޔަވައިދިނުމާ ގުޅުންހުރި، ފަހުގެ ހޯދުންތަކާއި ޓެކްނޮލޮޖީއަށް އަހުލުވެރިވުމާއި، އަމިއްލަ ތަރައްޤީއަށް މަސައްކަތްކުރުން.

އިތުރު ޢިނާޔަތްތައް:               

1.      ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2.      ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

- - ސްކޫލްގެ ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުންނަށް ކަނޑައެޅިފައިވާ އުޞޫލާއެއްގޮތަށް ކިޔަވައިދިނުމާއި ގުޅޭ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން

- ކިޔަވައިދިނުމަށް ކުރަންޖެހޭ އެންމެހާ ތައްޔާރީތައްކޮށް، ކިޔަވައިދިނުމާއި ދަރިވަރުން ކުރިއަރަމުންދާ މިންވަރު ވަޒަންކޮށް ބެލެހެއްޓުން.

- އެއްވެސްކުއްޖަކު ދޫކޮށްނުލައި ފަރުދީގޮތުން އެހީތެރިކަންދީގެން ކުރިއަށްގެންދަންޖެހޭ ކުދިންނަށް އެހީތެރިކަން ދީގެން ދަރިވަރުން މުގައްރަރުގެ ފެންވަރަށް ގެނައުން.

- ކިޔަވައި ދިނުމުގައި ގެންނަންޖެހޭ ބަދަލުތައް ސްކޫލުން އަންގަވާ ގޮތެއްގެ މަތީން ގެނައުމާއި ކިޔަވައިދިނުމުގައި ސްކޫލުން ލިބެންހުރި ވަޞީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައިހިފުން.

- ކިޔަވައިދިނުމުގެ އިތުރުން، ސްކޫލުން ބާއްވާ އެކި ޙަރަކާތްތަކުގައި ސްކޫލަށް އެއްބާރުލުން ދިނުން.

- ސްކޫލުގެ ތަޢުލީމީ ފެންވަރު ކުރިއެރުވުމާއެކު ދަރިވަރުން ތަރުބިއްޔަތު ކުރުމަށް ކުރަންޖެހޭ ކަންތައްތައް ރާވައި ހިންގުން. 

- ދަރިވަރުންގެ އުޅުމާއި ކިޔެވުމަށް އަންނަ ބަދަލުތަކާ ބެހޭ މަޢުލޫމާތު ބެލެނިވެރިންނާއި ސްކޫލުގެ ކަމާބެހޭ ފަރާތްތަކަށް އަންގައި އަޅަންވާ ފިޔަވަޅުތައް އެޅުން.

- ސްކޫލުން އަންގަވާ މުއްދަތެއްގެ ތެރޭގައި ސްކީމްއޮފް ވާރކާއި ފިލާވަޅުތަކާއި ރިޕޯޓްފޮތްތައް ތައްޔާރުކުރުން.

- ސްކޫލަކީ ސާފުތާހިރު، ދަރިވަރުންނަށް ހުރިހާ ގޮތަކުން ޙިމާޔަތްތެރިކަން ލިބިގެންވާ އުނގެނުމުގެ މާޙައުލެއް ގާއިމްކުރެވިފައިވާ ތަނެއްގެ ގޮތުގައި ދެމެހެއްޓުން.

- ކިޔަވައިދިނުމަށް ކުރިމަތިވާ ހުރަސްތައް ސްކޫލަށް އަންގައި ކިޔަވައި ދިނުމަށް ބޭނުންވާ އެހީތައް ހޯދައި ތައްޔާރުކޮށް ސްކޫލުގެ އުނގެނުމުގެ ވަޞީލަތްތައް މުއްސަދިކުރުން.

- ދަރިވަރުންގެ ކުރިއެރުމަށް ސްކޫލުން ހިންގާ އެންމެހާ ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވުން.

- ސްކޫލަކީ ޓީޗަރުންނާއި އެހެނިހެން މުވައްޒަފުންނާއި ދަރިވަރުންނާއި ބެލެނިވެރިންގެ ޙައްގުތައް ރައްކާތެރިކޮށް އަބުރު ހިފަހައްޓާ ތަނެއްކަމަށް ހެދުން.

- ކިޔަވައިދިނުމާއި ދަރިވަރުންގެ ކުރިއެރުމާގުޅޭގޮތުން ސްކޫލުން ކަނޑައަޅާފައިހުންނަ ލަނޑުދަޑިތައް ޙާޞިލްކުރުމަށް ހަވާލުކުރެވިފައިވާ މަސައްކަތްތައްކޮށް ކަނޑައަޅާފައިވާ ވަގުތަށް ނިންމުން

- ސްކޫލްގެ ފަރާތުން އިންތިޒާމް ކުރާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޙަރަކާތްތަކުގައި ބައިވެރިވުން

މަޤާމުގެ ޝަރުޠުތައް:

މުވައްޒަފު އެންމެ މަތީ ތައުލީމީ ފެންވަރަކީ

މުސާރަ (މަހަކު)

ސަރވިސް އެލަވަންސް (މަހަކު)

ސާނަވީ ތައުލީމު ފުރިހަމަކުރުން ކަމަށްވާނަމަ

4500.00 ރ

1500.00 ރ

މަތީ ސާނަވީ ތައުލީމު ފުރިހަމަކުރުން ކަމަށްވާނަމަ

5500.00 ރ

1500.00 ރ

ކިޔަވައިދިނުމުގެ ރޮންގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކުރުން ކަމަށްވާނަމަ

6090.00 ރ

2500.00 ރ

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ލިބިފައިވާ މިނަވަރު

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ލިބިފައިވާ މިންވަރު

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:           1.  ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު

2.  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3.  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5.  ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6.  ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7.  ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8.  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:    މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިސްކޫލްގެ އޮފީހަށެވެ. ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 10 ޖެނުއަރީ 2018 ވާ ބުދަ ދުވަހުގެ 13:00 އެވެ.  

 

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:   މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2018 ޖަނަވަރީ 12 ވަނަ ދުވަހު އިހަވަންދޫ ސްކޫލް ގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚް ގައި އިންޓަރވިއުއަށް ޙާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. (އިންޓަރވިއު އޮންނާނެ ގަޑި ޝަރުތުހަމަވާ ފަރާތްތަކަށް އެންގޭނެއެވެ.)      

ޝޯޓް ލިސްޓް ކުރުން:            - އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތަކަށް އެކަންޏެވެ.

ނޯޓް:

1.      ގްރޭޑް 10 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓްފިކެޓެއް ނުވަތަ ގުރޭޑް 10 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.

2.      ގްރޭޑް 12 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގެ ސެޓްފިކެޓެއް ނުވަތަ ގްރޭޑް 12 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ މަތީ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.

3.      ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.

* މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު، އެންމެ މަތީ މާރކްސް ލިބޭ، އަދި އެންމެ ޤާބިލްކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:           މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500096 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6500528 އެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ

‏17‏ ރަބީޢުލްއާޚިރު‏ 1439

04 ޖަނަވަރީ 2018
ހޯދާ