ފިނޭ ސްކޫލް
ދިވެހިރާއްޖެ
ރިލީފް ޓީޗަރ ( ޤުރުއާން)

c

 

 

ފިނޭސްކޫލް

 ހދ.ފިނޭ، ދިވެހިރާއްޖެ                

                                           ނަންބަރު:(iu)GS99/2018/05

 

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

 

 

މަޤާމް:                     ރިލީފް ޓީޗަރ ( ޤުރުއާން)

ބޭނުންވާ އަދަދު:                01   

ވަޒީފާއޮތް އޮފީސް:               ފިނޭސްކޫލް

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :      އެކަޑަމިކް/ފިނޭސްކޫލް

 

ފެންވަރު ނުވަތަ ޝަރުތު

* ސާނަވީ ތަޢުލީމް ޙާޞިލްކޮށްފައިވުން

* ޤާރީ ކޯސްނުވަތަ ތަފާތު ލެވެލް ފުރިހަމަކޮށްފައިވުން

 

މުސާރަ: 1. ސާނަވީ ތަޢުލީމު ޙާޞިލުކޮށްފައިވާނަމަ، މަހަކު -/4500 މުސާރައިގެ ގޮތުގައި ލިބޭނެއެވެ.އަދި ސާވިސް އެލަވަންސްގެ ގޮތުގައި -/1500 ރުފިޔާ ދެވޭނެއެވެ.  މީގެ އިތުރުން ކަނޑައެޅިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

       2. މަތީ ސާނަވީ ތަޢުލީމު ޙާޞިލުކޮށްފައިވާނަމަ، މަހަކު -/5500 ރުފިޔާ މުސާރައިގެ ގޮތުގައި ދެވޭނެއެވެ. އަދި ސާވިސް އެލަވަންސްގެ ގޮތުގައި -/1500 ރުފިޔާ ދެވޭނެއެވެ. މީގެ އިތުރުން ކަނޑައެޅިފައިވާ އުސޫލުގެ މަތިން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

 

މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

*  ސްކީމް ތައްޔާރުކޮށް ލެސަންޕލޭން ހަދައި ކިޔައިވައިދިނުން

*  ކިޔަވައިދެއްވާ މާއްދާއާއި ގުޅޭ އެސެސްމަންޓްތަކާއި  ގުޅޭ އެންމެހާ ކަންކަން ، ލީޑީންގ ޓީޗަރގެ މަޝްވަރާގެ މަތިން ކުރިއަށް ގެންދިއުން

*  ސުކޫލުގައި ހިންގޭ އިތުރު ޙަރަކާތްތަކުގެތެރެއިން ހަވާލުކުރެވޭ  ހަރަކާތްތައް ހިންގުން.

*  ދަރިވަރުންގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރުން

 

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

 

*  ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު

*  މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

*  މަސައްކަތުގެ ހުނަރާއި ، ފެންވަރާއި ޤާބިލްކަމާއި ސިފަތައް

               

 ހުށަހަޅަންޖެހޭ ތަކެތި

*  ދިވެހި ސިވިލް ސާވިސްގެ ވަޒީފާއަށް އެދޭ ފޯމް

*  އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ

*  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ)

*  މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ސާފު ކޮޕީ

*  ސިވިލް ސާރވިސްއަށް ނުވަތަ  ސަރުކާރަށް ޚިދުމަތްކުރުމުގެ  އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފަކު ވަޒީފާ އަދާކުރައްވާ އޮފީހުގެ ލިޔުމެއް.

*  ވަޒީފާ އަދާކުރައްވާފައިވާނަމަ ވަޒީފާ އަދާކުރެއްވި މުއްދަތާއި މަޤާމު އެނގޭގޮތައް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުމެއް.

*  ސިވިލް ސާރވިސްގައި  ވަޒީފާ އަދާކުރައްވާ މުވައްޒަފުން، އެ މުވައްޒަފެއްގެ  މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމް.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

 

-     ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ފިނޭސްކޫލް އޮފީހަށެވެ.

-     ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 10 ޖެނުއަރީ 2018 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިންނެވެ.

 

 

ނޯޓް:   

* މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިސްކޫލްގެ ގެ ނަންބަރު 6520539 ފޯނަށް ގުޅުއްވުން އެދެމެވެ. 

04 ޖެނުއަރީ 2018

                                                               އަންވަރު މުހައްމަދު

                                                                ހެޑް އޮފް ސުކޫލް

 

 

04 ޖަނަވަރީ 2018
ހޯދާ