ފޮއްދޫ ސުކޫލް ނ. ފޮއްދޫ
ދިވެހިރާއްޖެ
2018 ވަނައަހަރު ޕްރިންސިޕަލް ހުންނަވާގެ ކުއްޔަށް ހިފުމާބެހޭ

ނަމްބަރު:02/2018/(IUL) GS118

އިޢުލާނު

އިސްވެރިޔާ ހުންނަވާނެ ގެއެއް ކުއްޔަށް ހިފުމާބެހޭ     

                     2018 ވަނަ އަހަރު މިސްކޫލްގެ ޕްރިންސިޕަލް ހުންނެވުމަށް  ގެއެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ31/2017/(IUL) GS118 (27 ޑިސެމްބަރ 2017) އިއުލާން އަށް އެކަށީގެންވާ އަދަދަށް މަޢުލޫމާތު ސާފްކޮށްފައިނުވާތީ އިޢުލާން ބާތިލް ކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

                           2018 ވަނަ އަހަރު މިސްކޫލްގެ ޕްރިންސިޕަލް ހުންނެވުމަށް  ގެއެއް 25 ޖެނުއަރީ 2018 ން 31 ޑިސެމްބަރ 2018 ގެ ނިޔަލަށް ކުއްޔަށް ދޭނެފަރާތެއް ހޯދަން ބޭނުންވެއެވެ.

                          ވީމާ، މިކަމަށްޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށައެޅުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށައެޅުމަށް

08 ޖެނުއަރީ 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13.00

17 ޖެނުއަރީ 2018 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13.00

                     އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ން މެންދުރުފަހުގެ 14:00 އަށް 6560570 އަދި 6561807 ނަންބަރު ފޯނާއެވެ.       

04 ޖަނަވަރީ 2018
ހޯދާ