މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
މުޙްޔިއްދީން ސްކޫލްގެ ކެންޓީން ހިންގައި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

މި ސްކޫލްގެ ކެންޓީން ހިންގައި ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެގެން ކުރެވުނު ނަންބަރު   (IUL)MUH-01/1/2017/48 އިޢުލާނަށް އެއްވެސް ފަރާތަކުން އެސްޓިމޭޓް ހުށައަޅާފައިނުވާތީ، މިއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

 

މަޢުލޫމާތު ސާފުކުރެއްވުން

08 ޖަނަވަރީ 2018 ވާ ހޯމަ ދުވަހު 10:00 ގައި

އަންދާސީ ހިސާބު ހުށައެޅުމާއި ކެނޑުން

11 ޖަނަވަރީ 2018 ވާ ބުރާސްފަތި ދުވަހު 10:00 ގައި

 

     

 

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާން ކުރެވިފައިވާ ދުވަސްތަކުގައި މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އެސްޓިމޭޓް ހުށައެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ އަދި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބާޠިލްވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

 

ނޯޓް: އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާނަމަ 3390634 އަށް ގުޅުއްވުން އެދެމެވެ.

04 ޖަނަވަރީ 2018
ހޯދާ