ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ތަރައްޤީއަށް ހިންގާ ބޮޑެތި މަޝްރޫޢުތަކަށް ބޭނުންވާ ފަންނީ މީހުން ތަރައްޤީ ކުރުމަށް ދެވޭ 2050 ސްކޮލަރޝިޕ

ދިވެހިރާއްޖެ

 

ޤައުމު:

- 1200 ސެޓްފިކެޓް ލެވެލް

- 850 ޑިޕްލޮމާ

ކޯހުގެ އަދަދު:

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރު 1 ން ފެށިގެން ފެންވަރު 5 ގެ ނިޔަލަށް (ސެޓްފިކެޓް ލެވެލް 1 ން ފެށިގެން ޑިޕްލޮމާ ލެވެލްއަށް)

ފެންވަރު:

ސެޓްފިކެޓް ލެވެލް 1 ން ފެށިގެން ޑިޕްލޮމާ ލެވެލްއަށް ދިވެހިރާއްޖޭގައި ހެދޭ ކޯސްތައް

ދާރިރާ:

  1. މި އިޢުލާނާއިއެކު އަޕްލޯޑް ކުރެވިފައިވާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެންޓްރީ ކްރައިޓީރިއާ ހަމަވެފައިވުން ނުވަތަ އެޕްލިކޭޝަން ހުށަހަޅާ ކޯހާއި ގުޅޭ ޝަރުތެއް ހަމަވުން
  2. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން ނުވަތަ މި ޑިޕާޓްމަންޓް މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ އެ ލޯނު އަނބުރާ ދައްކަވައި ޚަލާސްކުރައްވާފައިވުން ނުވަތަ ޤަވާއިދުން ދައްކަމުން ދިއުން
  3. އެދިވަޑައިގަންނަވާ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދިވަޑައިގަންނަވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަ ކުރައްވަމުންދާ ދަރިވަރެއް ކަމުގައިވެސް ނުވުން.

ކޯހުގެ ޝަރުތު:

ފުރިހަމަކުރައްވާފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވަން ޖެހޭތަކެތި.

-         ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

-         ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ.

-         ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

-         ހުށަހަޅާ ލެވެލްއެއްގެ ޝަރުތު ފުރިހަމަ ކުރުމުގެ ގޮތުން ބޭނުންވާ ލިޔެކިޔުންތައް މި އިޢުލާނާއިއެކު މި ޑިޕާޓްމަންޓުގެ ވެބްސައިޓްގައިވާ "އެންޓްރީ ކްރައިޓީރިއާ ފޮރ އެމް.އެން.ކިޔު.އެފް ކޮލިފިކޭޝަންސް" ގައިވާ ޝަރުތު ފުރިހަމަކުރުމަށް ހުށަހަޅަންޖެހޭ ތަކެތި (މިސާލު: ގުރޭޑް 6 ނިންމިކަމުގެ ލިޔުން، މަސައްކަތު ތަޖުރިބާ އަންގައިދޭ ލިޔުން، ސްކޫލް ލީވިންގ ސެޓްފިކެޓް)

ހުށަހަޅަންޖެހޭ ތަކެތި:

-         މި ސްކޮލަރޝިޕްގެ ދަށުން ދިނުމަށް ހަމަޖެހިފައިވަނީ ކޯސް ފީއެވެ. (މީގެތެރޭގައި އެ އިންސްޓިޓިއުޓަކަށް ދައްކަންޖެހޭ އެހެނިހެން ފީތައްވެސް ހިމެނޭނެއެވެ).

-         މި ސްކޮލަރޝިޕް ފުރުޞަތުތައް ދިނުމަށް ހަމަޖެހިފައިވަނީ 2050 ފުރުޞަތުގެ ކެޓެގެރީތަކަށް ކަނޑައެޅިފައިވާ އަދަދު ހަމަވަންދެން އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ހުރިހާ ކެންޑިޑޭޓުންނަށް އެޕްލިކޭޝަން ހުށަހަޅާ ތަރުތީބުންނެވެ.

-         މި ސްކޮލަރޝިޕަށް ހޮވޭ ކެންޑިޑޭޓުން 2018 ވަނަ އަހަރުގެ ތެރޭގައި ކިޔަވަން ފަށަން ޖެހޭނެއެވެ.

-         މި ސްކޮލަރޝިޕްތަކަކީ 2018 ވަނަ އަހަރު އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް ދެވޭ ސްކޮލަރޝިޕްތަކެކެވެ.

-         ސްޓޫޑެންޓް ލޯން ސްކީމް 2017 އޮގަސްޓް ގެ ސްކީމްގެ ދަށުން ޑިޕްލޮމާ ފުރުޞަތު ލިބިފައިވާ ދަރިވަރުންގެ ތެރެއިން މި ސްކޮލަރޝިޕަށް ހުށަހެޅުމަށް ބޭނުންވާ ދަރިވަރުން ލޯން ސްކީމްގެ ފުރުޞަތު ދޫކޮށްލުމަށްފަހު މި ސްކޮލަރޝިޕަށް ހުށަހެޅިދާނެއެވެ.

-         މި ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންގެ ކޯސް ފީ އާއި އިންސްޓިޓިއުޓަށް ދައްކަންޖެހޭ އެހެނިހެން ފީތައް ދެއްކުމަށް ހަމަޖެހިފައިވަނީ އިންވޮއިސް ލިބުމުން މި ޑިޕާޓްމަންޓުން އެ އިންސްޓިޓިއުޓަކަށެވެ.

-         މި އިޢުލާނާއި ގުޅިގެން ކޯހަށް އެދިވަޑައިގަންނަވާ ކޮންމެ ބޭފުޅަކުވެސް ހުށަހަޅުއްވާނީ އެންމެ އެޕްލިކޭޝަން ފޯމެކެވެ.

-         މި ސްކޮލަރޝިޕް ސްކީމްގެ ދަށުން ކޮންމެ ބޭފުޅަކަށްވެސް ދެވޭނީ އެއް ފުރުޞަތެވެ.

-         ޑިޕްލޮމާ ކޯސްތަކަށް އެދިލައްވާ ބޭފުޅުން ޔުނިވަރސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމް (ޔޫ.ޕީ.ޕީ) ހައްދަވަން ޖެހިވަޑައިގަންނަވާނަމަ، ޔޫ.ޕީ.ޕީ އަށް ޚަރަދުކުރައްވަން ޖެހިވަޑައިގަންނަވާނީ އެބޭފުޅަކު އަމިއްލަފުޅަށެވެ.

-         ކޯސް ފުރިހަމަކުރެއްވުމަށްފަހު، ދިވެހިރާއްޖެއަށް ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެއެވެ. އަދި މި ޕްރޮގްރާމަކީ ރާއްޖޭގައި ހިންގޭ ބޮޑެތި މަޝްރޫޢުތަކަށް ތަފާތު ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމަށް ހުޅުވާލެވޭ ޕްރޮގްރާމެއްކަމުން، މީގެތެރެއިން ތަފާތު ފަންނީ ދާއިރާތަކުން ކިޔަވާ ކެންޑިޑޭޓުންގެ މަޢުލޫމާތު ބޮޑެތި މަޝްރޫޢުތައް ހިންގާ މުއައްސަސާތަކާއި ހިއްސާ ކުރެވޭނެއެވެ. 

-         މި ސްކޮލަރޝިޕްތަކަށް ހޮވޭ ދަރިވަރުން ކިޔެވުން ފެށުމަށްފަހު، ނުވަތަ މި ޑިޕާޓްމަންޓުން ޔުނިވަރސިޓީއަށް ފައިސާ ދެއްކުމަށްފަހު ކޯސް ދޫކޮށްލާނަމަ ނުވަތަ ކޯސް ފުރިހަމަ ނުކޮށްފިނަމަ ބްލެކްލިސްޓް ކުރެވޭނެއެވެ. އަދި ކޯސް ހެދުމަށް މި ޑިޕާޓްމަންޓުން ދެއްކި ފައިސާ އެ ދަރިވަރަކު އަނބުރާ މި ޑިޕާޓްމަންޓަށް ދައްކަން ޖެހޭނެއެވެ.

-         އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއްގެ އަސްލުގައި ދެފުށް ޗާޕްކޮށްފައިވާނަމަ، އަސްލާއެއްގޮތަށް ދެފުށުގެ ކޮޕީވެސް ހުށަހަޅުއްވަންވާނެއެވެ.

-         އެޕްލިކޭޝަން ހުށަހަޅުއްވާ ކެންޑިޑޭޓުން ސްކޮލަރޝިޕަށް ހޮވިއްޖެނަމަ، ހުށަހެޅި ލިޔެކިޔުންތަކުގެ އަސްލު ނުވަތަ އެޓެސްޓެޑް އަސްލު ހުށަހަޅުއްވަން މި ޑިޕާޓްމަންޓުން ފަހުން ދެންނެވުމުން އަވަހަށް ފޮނުއްވެވޭގޮތަށް ތައްޔާރުކުރައްވާފައި ބެހެއްޓެވުން އެދެމެވެ.

-         އެޕްލިކޭޝަން ލިބެމުންދާވަރަކުން ނަތީޖާ ލިސްޓު މި ޑިޕާޓްމަންޓުގެ ވެބްސައިޓަށް ކޮންމެ ހަފްތާއަކު އަޕްލޯޑުކުރެވެމުން ދާނެއެވެ.

އިތުރު މަޢުލޫމާތު

އެޕްލިކޭޝަން ހުށަހެޅުއްވޭނެ އެންމެ ފަހު ތާރީޚް: 2018 ޖުލައި 31 ވާ އަންގާރަ ދުވަހުގެ 13.30 ގެ ކުރިން

އެޕްލިކޭޝަން ހުށަހަޅުއްވަންޖެހޭ ތަން: ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ)

ނޯޓް: އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިޢުލާންގައި ބަޔާންކޮށްފައިވާ ތަކެތި ހަމަކުރެއްވުމަށްފަހު، ސިޓީއުރައެއްގައި ބަންދުކުރައްވައި މި ޑިޕާޓްމަންޓާއި ޙަވާލުކުރެއްވުމެވެ. ސިޓީއުރައިގެ ބޭރުގައި ކޯހަށް އެދި ހުށަހަޅުއްވާ ބޭފުޅެއްގެ ނަން، ސްކޮލަރޝިޕްގެ ނަން، ކޯހުގެ ނަން އަދި ގުޅޭނެ ނަންބަރު ލިޔުއްވަންވާނެއެވެ.

 

ކޯހަށްއެދޭ ފޯމު ހެނދުނު 8:30 އިން މެންދުރުފަހު 14:00 އަށް މި ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބޭނެއެވެ. އަދި މި ޑިޕާޓްމަންޓުގެ ވެބްސައިޓް http://www.dhe.gov.mv އިންވެސް ލިބެން ހުންނާނެވެ. އިތުރު މަޢުލޫމާތު މި ވެބްސައިޓުންނާއި، 3341461 / 3341307 / 3341380  ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.

02 ޖަނަވަރީ 2018
ހޯދާ