ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
2018 ވަނަ އަހަރު ފ. އަތޮޅު މެޖިސްޓްރޭޓް ކޯޓުތަކުގައި ކައިވެނިކޮށްނުދޭ ދުވަސްތަކާގުޅޭ

އިޢުލާން

2018 ވަނަ އަހަރު ފ.ޖުޑީޝަލް ދާއިރާގައި ހިމެނޭ މެޖިސްޓްރޭޓް ކޯޓުތަކަށް (ފ.އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކަށް) ހުށަހެޅޭ ކާވެނިތައް، ތިރީގައި މިދަންނަވާ ދުވަސްތަކުގައި ކޮށްނުދޭ ގޮތަށް ފ.ޖުޑީޝަލް ދާއިރާގައި މަސައްކަތް ކުރާ މެޖިސްޓްރޭޓުންގެ އިއްތިފާޤުން ކަނޑައަޅާފައިވާތީ، އެކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

  1. ހަފުތާގެ ހޮނިހިރު ދުވަސްތައް.
  2. ދެޢީދު ދެދުވަހާއި ޢީދުގެ މުނާސަބަތާގުޅިގެން އަންނަ ބަންދު ދުވަސްތައް.
  3. ޙައްޖު ދުވަހާއި ރަމަޟާންމަހުގެ ފުރަތަމަ ދުވަސް.

ވީމާ، އިސްވެ ދެންނެވުނު ދުވަސްތައް ފިޔަވައި، އަހަރުގެ ކޮންމެ ދުވަހެއްގައި ފ. ޖުޑީޝަލް ދާއިރާގައި ހިމެނޭ ކޯޓުތަކުގައި ކައިވެނި ކޮށްދެވޭނެއެވެ.

16 ރަބީޢުލްއާޚިރު  1439

03 ޖަނަވަރީ     2018

 

03 ޖަނަވަރީ 2018
ހޯދާ