ނ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ނ.އަތޮޅު މަދަރުސާ

ނ.މަނަދޫ

ދިވެހިރާއްޖެ

  

ވަޒީފާގެ ފުރުޞަތު

ނަމްބަރ 02/2018/GS-35

މަޤާމް

ސްޕޯޓްސް ސުޕަވައިޒަރ

މަޤާމްގެ ނަމްބަރ:

J-250125

ބޭނުންވާ އަދަދު

 1 ( އެކެއް )

މަޤާމްގެ ގިންތި

ކޮންޓްރެެކްޓް

މަޤާމްގެ ރޭންކް

ޖީއެސް 3

މަޤާމްގެ ކުލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ސެކްޝަން

އެކަޑަމިކް ސެކްޝަން

މަޤާމްއޮތް އޮފިސް

ނ.އަތޮޅު މަދަރުސާ

ވަޒީފާ އަދާކުރަންޖެހޭތަން

ނ.އަތޮޅޫ މަދަރުސާ

މަޤާމުގެ އަސާސީ މުސާރަ:

މަހަކު -/4465 ރުފިޔާ

ސާވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

 

ދާއިރާ:

 

 

1-      ކުޅިވަރުގެ ދާއިރާ

   2- ކިޔަވައި ދިނުމުގެ ދާއިރާ

 

މާޤާމުގެ ޝަރުތު

1-   މަޤާމާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިނގަޑު ލެވެލް 3ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު،މަޤާމާ ގުޅުންހުރި ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތް ތަޖުރިބާ ލިބިފައިވުން.  ނުވަތަ

2- ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑ' ގުރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން ސެކަންޑްރީ

   ސްކޫލް ސެޓްފިކެތް އިންތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގުރޭޑް ލިބިފައވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް :

 

1-        ހުރިހާ ދަރިވަރުންނަށް ފައިދާހުރި ގޮތެއްގައި ސްކޫލުގެ ކުޅިވަރުގެ އެންމެހާ ކަންތައްތައް ރާވައި ހިންގުން.

2-      ޕީ އީ އަށްބޭނުން ކުރެވޭސާމާނުތައް ރަނގަޅަށް ބެލެހެއްޓުމާއެކު މިތަކެތި ގެންގުޅޭނެ ގޮތާއިމެދު ޓީޗަރުންނަށް ލަފާދިނުން.

3-      ޕީ.އީ. އަށް ބޭނުންވާ ސާމާނުތައް ޓީޗަރުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުން.

4-      ސްކޫލުގެ ދަރިވަރުން ބައިވެރިވާ ހުރިހާ ކުޅިވަރު މުބާރާތްތަކަށް ދަރިވަރުން ރަނގަޅަށް ތައްޔާރުކުރުން.

5-      ސްކޫލްގެ ދަރިވަރުންނަށް ހުޅުވާލެވޭ ހުރިހާ ކުޅިވަރު މުބާރާތްތަކަށް ދަރިވަރުން ބައިވެރިކުރުން.

 

އުޖޫރައާއި ޢިނާޔާތްތައް:

 - އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ ހަމަޖެހިފައިވާ ގަވާއިދުން އިތުރުގަޑީގެފައިސާ

-  ސިވިލްސަރވިސް ގެ މުވައްޒަފުންނަށް ދިނުމަށް ސިވިލްސަރވިސް އިން ކަނޑައަޅުއްވާފައިވާ  

   އެލަވަންސް ، އާއި ޢިނާޔަތްތައް.  

  

ވަޒީފާއަށް އެދެންވީ ގޮތާއި ސުންގަޑި

 މިވަޒީފާއަށް ޝަރުތު ހަވާ  ފަރާތްތަކުން ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 11 ޖެނުއަރީ  2018 ވާ ބުރާސްފަތި  ދުވަހުގެ  14:00 ގެކުރިން ނ.އަތޮޅު މަދަރުސާއަށް  ހުށަހެޅުން އެދެމެވެ.

ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭފޯރމް ރަސްމީގަޑީގައި ނ.އަތޮޅު މަދަރުސާގެ  އޮފީހުން ލިބެން ހުންނާނެއެވެ. އަދި  ސިވިލްސާރވިސްގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.   

ހުށަހަޅަންޖެހޭ ލިޔުންތައް

1- ފުރިހަމަކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް.

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )

3- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ،މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ

   ލިޔުންތައްފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4- ސިވިލް ސާރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން،

   ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ،އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް

   އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

5- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

   (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެކޮޕީ

   ( ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ

   ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިންބޭރުގެ މަތީ ތަޢުލީމްދޭ

   މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް

   ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު

   ކުރެއްވޭނޭކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ )

   (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ

   ޕްރޮގްރާމްތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ

   (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިނިސްޓިޓިއުޓުން ހިންގާ ކޯސްތަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ

6- ފުރިހަމަކޮށްފައިވާ،ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

7- ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން

  ސިވިލް ސަރވިސް ޓްރޭނިންގ އިނިސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ

8- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް،މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

   (ހ) ސިވިލް ސަރވިސް އިން ބޭރުވަޒީފާއެއް އަދާކޮށްފައިވާނަމަ އެ ވަޒީފާއެއް އަދާކުރި

   މުއްދަތާއި، ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓީއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި

   ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ

   ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކކޮށްފައިވާ ލިޔުން.

 

މީހުން ހޮވުމުގައި ބާލާނެ ކަންތައްތައް

1- ޙާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2- މަސައްކަތު ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3- ޤާބިލްކަން ބެލުމުގެ ގޮތުން އިންޓަރވިއު ކޮށްގެން.

  މިމަޤާމަށް މީހުން ހޮވުމަށް ކަނޑައެޅިފައިވާ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން  %75 ލިބެންވާނެއެވެ.

 

ވަޒީފާގެ އިންޓަވިއު އޮންނާނެ ތަން

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އިޢުލާނުގެ މުއްދަތު ހަވާތާ 10 ދުވަހުގެ ތެރޭގައި ނ.އަތޮޅު މަދަރުސާގައި ބޭއްވޭނެއެވެ.

މިވަޒީފާއަށް އެދިފައިވާ ޝަރުތުހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ ވަޒީފާއަށް ކުރިމަތިލާފައިވާ

ފަރާތްތަކުގެ ތަޢުލީމަށާއި، ތަޖުރިބާއަށް ބެލުމަށްފަހު ޝޯޓްލިސްޓްކުރެވޭނެއެވެ. އަދި އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ. އެންމެ މަތިން މާކުސްލިވޭ ފަރާތަކަށް މިމަޤާމް ހަމަޖައްސައި ދެވޭނެއެވެ. 

 

އިތުރު މަޢުލޫމާތު

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ : 6560003 ނަމްބަރުފޯނާ އެވެ.

     

                      

15 ރަބީއުލްއާޚިރު  1439

03  ޖެނުއަރީ    2018  

 

03 ޖަނަވަރީ 2018
ހޯދާ