މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
40’ x 80’ ބާޖަކާއި، 350 ކްލާސް އެސްކެވޭޓަރަކާއި، 10 ޓަނުގެ ޑަމްޕްލޮރީއެއް ކ.ތިލަފުށި 3 އިން ތ.ވިލުފުއްޓަށް ގެނެސްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މި  މިނިސްޓްރީއަށް ކ.ތިލަފުށި 3 އިން 40’ x 80’ ގެ ބާޖަކާއި، 350 ކްލާސް އެސްކެވޭޓަރަކާއި، 10 ޓަނުގެ ޑަމްޕްލޮރީއެއް ތ.ވިލުފުއްޓަށް ގެނެސްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ : (IUL)138-AS6/1/2017/272 (14 ޑިސެންބަރު 2017) އިޢުލާނާއި ގުޅިގެން އަގު ހުށަހަޅުއްވާފައިވާ ބައެއް ފަރާތްތަކުން ހުށަހަޅުއްވާފައިވަނީ މަސައްކަތާއި އެކަށީގެންވާ އަގެއް ކަމަށް ނުވުމުން،  އެ އިޢުލާން ބާޠިލްކޮށް މި މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 ޖަނަވަރީ 08 ވާ ހޯމަ ދުވަހުގެ 12:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 ޖަނަވަރީ 11 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.       

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2018 ޖަނަވަރީ 08 ވާ ހޯމަ ދުވަހުގެ 12:30 އިން ފެށިގެން 2018 ޖަނަވަރީ 11 ވާ ބުރާސްފަތި ދުވަހުގެ 10:30 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004281 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ. 

03 ޖަނަވަރީ 2018
ހޯދާ