މާއުނގޫދޫ ސްކޫލް
ދިވެހިރާއްޖެ
ހޯލު އިމާރާތުގެ ޕާރޓިޝަންތައް މަރާމާތުކުރުން

އިޢުލާން

ނަންބަރު: GS106/IU/2017/003

މި ސްކޫލުގެ ހޯލު އިމާރާތުގެ ޕާރޓިޝަންތައް މަރާމާތުކޮށްދިނުމާ ބެހޭ:

މިސްކޫލުގެ އިޢުލާން ނަންބަރު: GS106/2017/IU/044 އާ ގުޅިގެން ހުށަހެޅި ބިޑްތައް އަގު ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާތިލުކޮށް މަސައްކަތައް ބަދަލުތަކެއް ގެނައުމަށްފަހު އަލުން އެ އިޢުލާން ކުރީމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 9 ޖެނުވަރީ 2018 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިސްކޫލަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 15 ޖެނުވަރީ 2018 ވާ ހޯމަ ދުވަހުގެ 13:00 އަށް ބިޑް ހުށަހެޅުއްވުން އެދެމެވެ.

މައުލޫމާތު ސާފުކުރުން

ބިޑް ހުށަހެޅުން

ތާރީޙް: 9 ޖެނުވަރީ 2018 (އަންގާރަ)

ތާރީޙް: 15 ޖެނުވަރީ 2017 (ހޯމަ)

ގަޑި: 13:00 / ތަން: މާއުނގޫދޫ ސްކޫލް (އޮފީސް)

ގަޑި: 13:00 / ތަން: މާއުނގޫދޫ ސްކޫލް (އޮފީސް)

މި މަސައްކަތަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ހާޟިރުނުވާ ފަރާތްތަކުގެ ބިޑްތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

16 ރަބީޢުލްއާޙިރު 1439
03 ޖަނަވަރީ 2018
ހޯދާ