ޏ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

 

 

 

ޏ. އަތޮޅު ތަޢުލީމީ މަރުކަޒު

   މާލެ، ދިވެހިރާއްޖެ 

 

ތާރީޚް:   03 ޖަނަވަރީ 2018                               ނަންބަރު:  (IUL)GS-13-AC/GS-13/2018/2            

     

އިޢުލާން

 

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:

J-229176

މަޤާމުގެ ނަންބަރު:

01

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

ޖީއެސް 4

މަޤާމުގެ ރޭންކް:

އޮފިސަރ ގްރޭޑް 2

މަޤާމުގެ ކްލެސިފިކޭޝަން:

އިދާރީ

ސެކްޝަން:

ޏ. އަތޮޅު ތަޢުލީމީ މަރުކަޒު

މަޤާމް އޮތް އޮފީސް:

ޏ. އަތޮޅު ތަޢުލީމީ މަރުކަޒު / ފުވައްމުލައް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

5020.00

މުސާރަ:

1500.00

ސަރވިސް އެލެވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ.

 

 

އިތުރު ޢިނާޔަތްތައް:

1-      ދަރިވަރުންނާ ގުޅުންހުރި ލިޔުންތައް ތައްޔާރުކޮށް، އެ ލިޔުންތައް ބެލެހެއްޓުން.

2-      ދަރިވަރުންގެ އެޑްމިޝަން ރަޖިސްޓްރޭޝަނާއި، ދަރިވަރުންގެ ލީވިންގ ހެދުން. އަދި ފައިލްކޮށް ބެލެހެއްޓުން

3-      ސްކޫލް މެއިންރަޖިސްޓްރީ އަޕްޑޭޓް ކުރުން

4-      ސީނިއަރ މެނޭޖްމެންޓް އަދި އެހެނިހެން މުހިއްމު ބައްދަލްވުންތަކުގެ ޔައުމިއްޔާ ލިޔުން

5-      ސްކޫލް ކުދިންގެ ޓެކްސްފޮތްތައް ކުދިންގެ އަތުން ހޯދައި އެފޮތްތައް ރަގަޅަށް ބެލެހެއްޓުމުގެ އިތުރަށް ކުދިންނަށް ދޫކުރާ ފޮތްތަކުގެ ރެކޯޑް ބެލެހެއްޓުން

6-      ކުދިންނަށް ދޫކުރާ ވައުޗަރތައް ދޫކުރުމުގެ އިންތިޒާމު ހަމަޖެއްސުން އަދި ރެކޯޑު ބެލެހެއްޓުން

7-      ހުރިހާ މުވައްޒަފުންގެ ޗުއްޓި ޗިޓް ތައްޔާރުކޮށް ސަލާމް އަދި ޗުއްޓީ އަޕްޑޭޓްކޮށްކުރުން.

8-      މުވައްޒަފުންގެ އެޓެންޑެންސް ދުވަހުން ދުވަހަށް އަޕްޑޭޓް ކުރުން

9-      އެންރޯލްމަންޓް، އެޓެންޓެންސް، އެޕިޕް އަދި ރިޒަލްޓް ޝިޓް ތައް ދުވަހުން ދުވަހަށް އަޕްޑޭޓް ކުރުން.

10-  ސްޓޮކުން ތަކެތި ދޫކޮށް ސްޓޮކް ބާކި ކޮށް އަޕްޑޭޓްކުރުން އަދި ފައިލްކޮށް ބެލެހެއްޓުން

11-  އިދާރީ ހުރިހާ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން

12-  ސްކޫލަށް އަންނަ އަދި އީގަވަރމަންޓުން އަންނަ ލިޔެކިޔުންތައް އެންޓްރީ ކޮށް ސްކޭންކުރުމަށްފަހު އަޕްލޯޑުކުރުން. އެއަށްފަހު ހަވާލުކުރަންޖެހޭ ފަރާތްތަކާއި ހަވާލުކޮށް ފައިލްކުރުން.

13-  ކޮންމެ ދުވަހަކުވެސް ލިޔަންޖެހޭ ސިޓީތަކަށް ޖަވާބު ލިޔެ އަދި އެހެނިހެން އިދާރާތަކަށް ފޮނުވާ ސިޓީތައް އެ ތާރީޚަކަށް ނިންމައި ފޮނުވުން.

14-  ސެކްޝަނުގެ ނުވަތަ އެހެން ސެކްޝަނެއްގެ މުވައްޒަފަކު ޗުއްޓީ ނަގާނަމަ، އެ މުވައްޒަފަކު ޗުއްޓީ ނިންމުމަށްފަހު އޮފީހަށް ނުކުންނަންދެން، އެ މުވައްޒަފު ކުރަމުންގެންދާ މަސައްކަތްތައް ކުރުން.

15-  އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

16-  ސްކޫލުން އިންތިޒާމް ކުރާ ހުރިހާ ބައްދަލުވުންތަކަށް ގަޑިއަށް ޙާޒިރުވުން.

17-  ސްކޫލުން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްކަތުގައި ބައިވެރިވުމާއި ސްކޫލްގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

18-  ސްކޫލަކީ އެކުވެރި އެއްބައިވަންތަބައެއް އުޅޭ އުފާވެރި މާހައުލަކަށް ހެދުމަށް މަސައްކަތްކުރުން.

19-  ސްކޫލުން ޙަވާލުކުރެވޭ ޒިންމާތަކާއިގުޅޭގޮތުން ޖަވާބުދާރީވުމާއި ޒިންމާދާރުވުން.

20-  ސްކޫލަކީ ސާފުތާހިރު ތަނެއްގެގޮތުގައި ދެމެހެއްޓުމަށް ދަރިވަރުން ލައްވާ މަސައްކަތްކުރުވުން.

21-  ކްލަބު ޖަމްޢިއްޔާތަކާއި، ޔުނިފޯމް ހަރާކާތްތައް އަދި ދަރިވަރުންނަށް ހިންގޭ އެހެނިހެން ހުރިހާ ހަރަކާތެއްގައި ފުރިހަމަޔަށް ބައިވެރިވެ އެއްބާރުލުންދީ އެހީތެރިވުން.

22-  ދަރިވަރުންނާއި، ބެލެނިވެރިންނާއި، ސްޓާފުން އަދި ސްކޫލްގެ ސިއްރުތައް ހިފެހެއްޓުން.

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 ބިޒްނަސް، އިންފޮމޭޝަން ޓެކްނޮލޮޖީ ، އެކައުންޓިންގ އަދި ފައިނޭންސް ގެ ދާއިރާއިން                  

 

ދާއިރާތައް:     

މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިނުން

ނުވަތަ

މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑްރީ  ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިފިބައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ ޝަރުޠުތައް:

 

 

 

  1. ހާސިލުކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

ވަޒީފާއަށް އެދޭ ފޯމު ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 ޖަނަވަރީ 2018 ވާ ބުރާސްފަތި  ދުވަހުގެ 14:00 ގެ ކުރިން، ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]    އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

   

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

 

 

 

 

 

 

 

މި މަޤާމަށް މީހަކުހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 14 ޖަނަވަރީ 2018 އާއި 18 ޖަނަވަރީ 2018 ދެމެދުގެ ތާރީޚެއްގައި ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

އިންޓަވިއު

އޮންނާނެ ތަނާއި މުއްދަތު

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން:

 

 

 

 

މި މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ  އިންސައްތަ އަކީ %30 އެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

 

 

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ފުވައްމުލަކު ސްކޫލްގެ ނަންބަރު 6860002 ފޯނަށް ގުޅުއްވުން އެދެމެވެ. އަދި މައުލޫމާތު ހޯދުމަށް މި ސްކޫލްގެ އީމެއިލް [email protected]  އަށް މެއިލްކުރެއްވުން އެދެމެވެ.   

 

 

އިތުރު މަޢުލޫމާތު ހޯދުން:

 

 

 

 

      

                    16 ރަބީޢުލްއާޚިރު 1439

                   03 ޖަނަވަރީ 2018

 

03 ޖަނަވަރީ 2018
ހޯދާ