މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޑިރެކްޓަރ ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް

ތިރީގައި  މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

ޑިރެކްޓަރ ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް

މަގާމުގެ ނަންބަރު:

252958

ބޭނުންވާ އަދަދު:

1

މަގާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އީ. އެކްސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ

ސެކްޝަން:

ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާޓްމަންޓް

މަގާމު އޮތް އޮފީސް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ / މާލެ

މުސާރަ:

-/8,835 ރުފިޔާ

ސަރވިސް އެލަވަންސް:

-/2,000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

3,092/25 ރުފިޔާ

އިތުރު ޢިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

  ( މީގެ އިތުރުން މަޤާމަށް ކަނޑައަޅާފައިވާ ޢިނާޔަތްތައް )

މަގާމުގެ ޝަރުތު

  1. ސައިންސް ނުވަތަ  އެންވަޔަރަންމަންޓް މެނޭޖްމަންޓް ނުވަތަ މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ވޯޓަރ އެންޑް ސެނިޓޭޝަން ދާއިރާގައި 6 އަހަރުގެ ދުވަހުގެ  މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ  
  2. ސައިންސް ނުވަތަ  އެންވަޔަރަންމަންޓް މެނޭޖްމަންޓް ނުވަތަ މެނޭޖްމަންޓުގެ  ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުމާއެކު،  ވޯޓަރ އެންޑް ސެނިޓޭޝަން ދާއިރާގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،  ނުވަތަ 
  3. ސައިންސް ނުވަތަ  އެންވަޔަރަންމަންޓް މެނޭޖްމަންޓް ނުވަތަ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުމާ އެކު،  ވޯޓަރ އެންޑް ސެނިޓޭޝަން ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،

 

މަގާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

  1. ސަރުކާރުގެ ސިޔާސަތާއި އެއްގޮތްވާ ގޮތުގެމަތިން ސެކްޓަރ ޕްލޭންތަކާއި އަދި އެކްޓިވިޓީސްތައް އޮފީހުގެ ވެރިންގެ ލަފަޔާއި، ކަމާއިބެހޭ ދާއިރާތަކުގެ ޚިޔާލުތަކާއި އެކު ތައްޔާރުކޮށް ޢަމަލީ ގޮތުން މިކަން ކުރިއަށް ގެންދިޔުން. 

  2. ރާއްޖޭގެ ރަށްރަށުގެ ފެނާއި ނަރުދަމާގެ ޚިދުމަތް ތަރައްގީ ކުރުމަށް ބޭނުންވާ ބޭރުގެ ލޯނު އެހީ އާއި އެހެނިހެން ޖަމާއަތްތަކުން ބޭނުންވާ އެހީތެތިކަން ހޯދުމަށްޓަކައި ބޭނުންވާ ޕްލޭންތަކާއި ޕްރޮޕޯސަލްތައް އެކުލަވާލުން. މިގޮތުން އެފަދަ އެހީތައް ލިބޭނެ މަގުތައް ތަނަވަސް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ކަމާބެހޭ ފަރާތްތަކަށް ފޮނުވުން. 

  3. ޑިޕާރޓްމަންޓްގެ ފަރާތުން ރަށްރަށުގައި ޤާއިމް ކުރެވޭ ފެނާއި ނަރުދަމާ ނިޒާމްގެ ޑިޒައިންގ މަރުހަލާގައި ކޮންސަލްޓަންޓުން ހުށަހަޅުއްވާ ޑިޒައިންގ ރިޕޯޓްތައް  މުރާޖާކޮށް ބޭނުންވާ ފަންނީލަފާ ދިނުން. އަދި މިކަމާއި ގުޅޭ ގޮތުން ބޭއްވޭ ބައްދަލުވުންތަކުގައި ބައިވެރިވުން 

  4. ފެނާއި ނަރުދަމާ އާއި ގުޅޭ ޤާނޫނުތަކާއި ރެގިއުލޭޝަންތައް ތައްޔާރު ކުރުމަށް ބޭނުންވާ އެހީތެރިކަން ދިނުމާއި އެކަމާއި ގުޅޭ ގޮތުން ބޭއްވޭ ބައްދަލުވުންތަކުގައި ބައިވެރިވުން. 
     
  5. ޑިޕާރޓްމަންޓުން ކުރިއަށް ގެންދާ ފެނާއި ނަރުދަމާ މަޝްރޫޢުތަކުގެ ޓެންޑަރިންގ މަރުހަލާގައި ބޭއްވޭ ބައްދަލުވުންތަކުގައި ބައިވެރިވުމާއި،  ޓެންޑަރ ޑޮކިއުމަންޓްތައް ރިވިއުކޮށް އިވެލުއޭޓުކުރުމާއި، މަޝްރޫޢުތަށް ކުރިއަށް ގެންދިޔުމަށް ބޭނުންވާ ޓެކްނިކަލް ލަފާ ދިނުން. 

  6. ޑަބްލިޔު.އެޗް.އޯ އާއި ޔުނިސެފް ފަދަ ބޭރުގެ އެހީދޭ ޖަމާއަތްތަކާއި ގުޅިގެން ސެކްޓަރ ޕްރޮގްރާމްތަކާއި އެކްޓިވިޓީތައް ޕްލޭން ކުރުމާއި، އެކްޓިވިޓީތައް ރާވާ ހިންގުމުގައި ބޭނުންވާ އެހީތެރިކަން ދިނުން. 

  7. ޑިޕާރޓްމަންޓުން ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމްގެ މަޝްރޫޢުތައް ކުރިއަށްދާ ގޮތް ބަލާ، ކުރިއަށް ދާގޮތާއި ބެހޭ ގޮތުން ބޭނުންވާ ޓެކްނިކަލް ލަފާ ޑިޕާރޓްމަންޓްގެ އިސްވެރިޔާއަށް ދިނުން.

  8. ޑިޕާރޓްމަންޓްގައި އިސްވެރިޔާ ޗުއްޓީ ނަންގަވައިފިނަމަ ޑިޕާރޓްމަންޓްގެ މަސައްކަތްތަކާއި ހަވާލުވެ، ޑިޕާރޓްމަންޓުން ކުރިއަށް ގެންދާ މަޝްރޫޢުތަކާއި ގުޅިގެން ދުވަހުން ދުވަހަށް އަންނަ ސިޓީ، ރިޕޯޓް އަދި އެހެނިހެން ލިޔެކިޔުންތައް ބަލައި މުވައްޒަފުންނާއި މަސައްކަތް ހަވާލު ކުރުން.  

  9. އެއް އަހަރުން އަނެއް އަހަރަށް ތައްޔާރުކުރަންޖެހޭ ބަޖެޓާއި އަހަރީ ރިޕޯރޓް ތައްޔާރުކުރުމަށް ސެކުޝަނުގެ އިސްވެ ހުންނެވި ބޭފުޅަކު މަސައްކަތް ކުރައްވަމުންދާހިދު އެފަރާތަކަށް ބޭނުންވާ އެހީތެރިކަން ދެއްވުމާއި ބަޖެޓާއި އަހަރީ ރިޕޯރޓް  ހެދުމުގައި އަމަލީ ގޮތުންބައިވެރިވުން.

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

 

  1. ފެނާއި ނަރުދަމާ ދާއިރާއިން ހިންގާ ޕްރޮގްރާމްތަކާއި މަޝްރޫޢުތައް ދުވަހުން ދުވަހަށް ހިނގަމުންދާގޮތް ބަލައި، ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމާއި، މަސައްކަތްތައް، ސަރުކާރުގެ ކަމާބެހޭ ސިޔާސަތުތަކާއި،  ޤާނޫނުތަކާއި، ގަވާއިދުތަކާއި، އުސޫލުތަކާއި، މިންގަނޑުތަކާ އެއްގޮތަށް ދާކަން ކަށަވަރުކުރުމާއި، މަސައްކަތް ކަނޑައަޅާފައިވާ ތާވަލުތަކާއި އެއްގޮތަށް ނިންމާ ނަތީޖާ ނެރެދިނުން.
  2. ފެނާއި ނަރުދަމާއާ ގުޅޭ ކަންކަމުގައި ލަފަޔާ މަޟްވަރާ ދިނުން.
  3. ޤައުމީ އަދި ބައިނަލްއަޤްވާމީ ފޯރަމްތަކުގައި ދާއިރާ ތަމްސީލުކޮށް ނަތީޖާ ނެރެދިނުން.
  4. ޒަމާނީ އައު ޓެކްނޮލޮޖީއާއި ގޮތްތައް ހޯދައި ފެނާއި ނަރުދަމާގެ ދާއިރާ މެނޭޖްކޮށް ކުރިއަރުވައި ތަރައްޤީކުރުން.
  5. ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
    (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖޭއިން ބޭރުގެ ޕްރޮގްރާމުތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ 
    (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގެރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ . ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
    (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ 
  6. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
    (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްތަދާއި ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.  
  9. ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން  އިއުތިރާޒު ނުކުރާކަމުގެ ލިޔުން.

 

މަގާމަށް އެދެންވީގޮތާއި ސުންގަޑި:  

ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން www.environment.gov.mv  މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަށްޖެހޭ ތަކެތި ހުށަހަޅާނީ 2018  ޖަނަވަރީ 14 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށެވެ.  ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭއެވެ. އީމެއިލް އެޑްރެހަކީ [email protected]  އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު ( އިމްޠިޙާނާއި ޕްރެޒެންޓޭޝަން ) އޮންނާނެ ތަނާއި މުއްތަދު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުއާއި އިމްތިޙާން ކުރުން 15 ޖަނަވަރީ 2018 އާއި 31 ޖަނަވަރީ 2018 އާ ދޭތެރޭގެ ތާރީޚެއްގައި މި މިނިސްޓްރީގައި އޮންނާނެއެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޙުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ (10 ) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމުލަ އިންސައްތަ:

މަގާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ %30

އިތުރު މަޢުލޫމާތު ހޯދުމަށް:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

                        15   ރަބީއުލްއާޚިރާ    1438  

                         02  ޖަނަވަރީ        2018     

       

 

02 ޖަނަވަރީ 2018
ހޯދާ