ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
އެސިސްޓެންޓް އެޑިކްޝަން ކޭސް ވޯކަރ މަޤާމު

މަޤާމް :އެސިސްޓެންޓް އެޑިކްޝަން ކޭސް ވޯކަރ
ބޭނުންވާ އަދަދު :1

މަގާމު

އެސިސްޓެންޓް އެޑިކްޝަން ކޭސް ވޯކަރ  

މަޤާމުގެ ނަންބަރު

269359

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީ.އެސް.4

މަޤާމުގެ ކްލެސިފިކޭޝަން

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ސެކްޝަން

ޓްރީޓްމަންޓް ސެންޓަރސް މެނޭޖްމަންޓް ސެކްޝަން

މަޤާމް އޮތް އޮފީސް

ނޭޝަނަލް ޑްރަގް އޭޖެންސީ، ކ. މާލެ

ވަޒީފާ އަދާކުރަން ޖެހޭ ތަން

ނޭޝަނަލް ޑްރަގް އޭޖެންސީ، ކ. މާލެ

މުސާރަ

މަހަކު -/5020ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވެންސް

މަހަކު (އަސާސީ މުސާރައިގެ %35)

ރިސްކު އެލަވަންސް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގައިވާ G209ގައިވާ ގޮތުގެ މަތީން

އިތުރު ޢިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބްތައް:

1-      އަމިއްލަ ފަރާތްތަކާއި ޖަލުގައި ޙުކުމް ތަންފީޒް ކުރަމުންދާ މީހުންގެ ތެރެއިން ފަރުވާ އަށް އެދި ހުށަހަޅާ ފަރާތް ތަކުގެ ފޯރމް ތައް ބަލައިގަނެ ޕްރޮސެސް ކުރުން.

2-      ފަރުވާއަށް ލިސްޓް ކުރެވިފައިވާ ފަރާތްތަކާއި  އަދި ފަރުވާނަގަމުންދާ ފަރާތްތަކުގެ ފަރުވާއާއި ގުޅިގެން ޑްރަގް ކޯޓަށް ފޮނުވަންޖެހޭ ފޯރމްތަކާ ލިޔެކިޔުންތައް ފޮނުވުމާ، އަމިއްލަ ފަރާތްތަކުން ހުށަހަޅައި ސިޓީތަކާ، ފޯރމްތަކަށް ސްޕަރވައިޒަރުގެ ލަފާގެ މަތިން ޖަވާބު ދިނުން.

3-     ނޭޝަނަލް ޑްރަގް އޭޖެންސީގެ ދަށުން ހިންގާ މަރުކަޒުތަކުގައި ފަރުވާހޯދާ ފަރާތްތަކަށް ކޯޓަށް ގޮސްގެން ދޭންޖެހޭ ލަފާ ދިނުމާއި ޖަވާބުދާރީ ވުން.

4-      ރާއްޖޭން ބޭރު ފަރުވާއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އެކަމާގުޅިގެން ތައްޔާރުކުރަން ޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް އެކަން ބެލެހެއްޓުން.

5-      ސަރުކާރުގެ މުޢައްސަސާ ތަކުންނާ، އަމިއްލަ ފަރާތްތަކުން ހުށަހަޅާ ކުށުގެ ރިކޯރޑްތައް ސާފުކުރުން.

6-      ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކާ، ސަރުކާރުގެ އެކިއެކި މުޢައްސަސާ ތަކުން މި އޭޖެންސީއަށް ފޮނުވާ ސިޓީތަކަށް ސްޕަރވައިޒަރުގެ ލަފާގެ މަތިން ޖަވާބު ދިނުން.

7-      ސެކްޝަންގެ އަހަރީ ބަޖެޓް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.

8-      ކްލައިޓުންނަށް ތައްޔާރުކުރަންޖެހޭ އެންގުންތަކާއި ނަސޭހަތްފަދަ ލިޔުންތައް ތައްޔާރުކުރުމާއި ކްލައިޓުންނާއި ހަވާލުކުރުން،އަދި ސޮއި ކުރަންޖެހޭ ލިޔުންތަކުގައި ސޮއިކުރުވުން.

9-      ނޭޝަނަލް ޑްރަގް އޭޖެންސީގެ ދަށުން ހިންގާ އެންމެހާ ޑިވިޝަން، ސެކްޝަން އަދި ޔުނިޓްތަކުގެ މަސައްކަތްތަކާ ގުޅިގެން އެފަރާތުން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން.

10-  އެކި އެކި ބޭނުންތަކުގައި ބައްދަލުކުރުމަށް އަންނަ ކުލައިންޓުން އަދި ބެލެނިވެރިންނާއި ބައްދަލުކޮށް ކަމާއި ބެހޭ ފަރާތްތަކާއި މަޝްވަރާކުރުން.

 

މަޤާމުގެ ޝަރުތުތައް

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ 

  1. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ 
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

1. ތަޢުލީމާއި ތަމްރީން.

2. މަސައްކަތުގެ ތަޖުރިބާ.

3. އިންޓަވިއު.

4. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

5. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ

 ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް

ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމު ނޭޝަނަލް ޑްރަގް އޭޖެންސީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.nda.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 ޖަނަވަރީ 2018 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން، ނޭޝަނަލް ޑްރަގް އޭޖެންސީގެ ހެޑް އޮފީސް (ގ. ގްރީންގެ، ކ. މާލެ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 3328184އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.   

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ، 2018 ޖަނަވަރީ މަހުގެ ތެރޭގައި ނޭޝަނަލް ޑްރަގް އޭޖެންސީގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

30% (ތިރީސް އިންސައްތަ)

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3343061 / 3334568 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3328184 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

10 ރަބީއުލްއާހިރު 1439

28 ޑިސެންބަރު 2017

02 ޖަނަވަރީ 2018
ހޯދާ