އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
ކެންޓީނު ހިންގައިދޭނެ ފަރާތެއް ހޯދުމަށް

                              މި ސްކޫލުގެ ކެންޓީނު، ކުރިއަށްއޮތް 2 އަހަރު ދުވަހަށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރި، ނަންބަރ AS-B/IU/2017/71     (5 ޑިސެންބަރ 2017) އިއުލާނަށް ހުށައެޅުނު އަންދާސީ ހިސާބުގެ އަގުތަށް އެކަށީގެންވާ ވަރަށްވުރެ ކުޑަކަމަށް ފެންނާތީ އެ އިޢުލާނު ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

           ވީމާ، ކެންޓީނު ހިންގުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

4 ޖެނުއަރީ 2018 (ބުރާސްފަތި) ދުވަހުގެ 11:00 އަށް

7 ޖެނުއަރީ 2018 (އާދީއްތަ) ދުވަހުގެ 11:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3325762, 3321346 ނަންބަރު ފޯނާއެވެ.

13 ރަބީޢުލްއާޚިރު  1439

31 ޑިސެންބަރު 2017
ހޯދާ