މާއުނގޫދޫ ސްކޫލް
ދިވެހިރާއްޖެ
ހޯލު އިމާރާތުގައި ކުލަލައިދިނުން

އިއުލާން

ނަންބަރު: GS106/2017/IU/045

މި ސްކޫލުގެ ހޯލު އިމާރާތުގައި ކުލަލައިދިނުމާ ބެހޭ:

މިސްކޫލުގެ ހޯލު އިމާރާތުގެ އެތެރެއާއި ބޭރުގައި ކުލަލައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2 ޖެނުވަރީ 2018 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިސްކޫލަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 4 ޖެނުވަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ބިޑް ހުށަހެޅުއްވުން އެދެމެވެ.

މައުލޫމާތު ސާފުކުރުން

ބިޑް ހުށަހެޅުން

ތާރީޙް: 2 ޖެނުވަރީ 2018 (އަންގާރަ)

ތާރީޙް: 4 ޖެނުވަރީ 2017 (ބުރާސްފަތި)

ގަޑި: 13:00 / ތަން: މާއުނގޫދޫ ސްކޫލް (އޮފީސް)

ގަޑި: 13:00 / ތަން: މާއުނގޫދޫ ސްކޫލް (އޮފީސް)

މި މަސައްކަތަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ހާޟިރުނުވާ ފަރާތްތަކުގެ ބިޑްތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

10 ރަބީޢުލްއާޚިރު 1439

 

30 ޑިސެންބަރު 2017
ހޯދާ