މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. ރަސްމާދޫ ޕްރީސްކޫލަށް 2 ޓީޗަރުން ހޯދުމަށް

       ނަންބަރ: IUL)306/306/2017/59) 

އިޢުލާން

 

ވަޒީފާގެ ފުރުޞަތު

      މިކައުންސިލްގެ ނަންބަރު ނަންބަރ: IUL)306/306/2017/52  (04 ޑިސެމްބަރ 2017)  އިއުލާންގައި ބަޔާންކޮށްފައިވާ  " ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތަކަށް" ބަދަލު ގެނެވިފައިވާތީ، އެ އިއުލާން ބާޠިލްކޮށް އަލުން އިއުލާންކުރަމެވެ.

މަޤާމް

ޕްރީސްކޫލް ޓީޗަރ

ބޭނުންވާ ޢަދަދު

2

މަޤާމް އޮތް އޮފީސް

މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ

ވަޒީފާގެ ބާވަތް

ވަގުތީ (02 އަހަރުގެ ކޮންޓްރެކްޓަށް)

މަސައްކަތުގައި ހޭދަކުރަންޖެހޭ ގަޑިއިރު:

02 ގަޑިއިރާއި 30 މިނެޓް

ސެކްޝަން

މުނިސިޕަލް ސަރވިސް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

ރަސްމާދޫ ޕްރީސްކޫލް / ރ. ރަސްމާދޫ

މުސާރަ

ކެޓަގަރީ

މުސާރަ

ފެންވަރު ނުވަތަ ޝަރުތު ހަމަވާ ފަރާތްތައް

-/1200 ރުފިޔާ އަދި އިތުރުގަޑީގައި މަސައްކަތްކުރާނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. (ރަސްމީ އަދި ބަންދު ދުވަސްތައް ހިމަނައިގެން)

ޕާޓްޓައިމް ފަރާތްތަކަށް

މަސައްކަތް ކުރާ ކޮންމެ ރަސްމީ ދުވަހަކަށް -/40 ރުފިޔާ އަދި ރަސްމީ ގަޑީގެ ފަހުގައި އިތުރުގަޑީގައި މަސައްކަތްކުރާނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެ (ހަމައެކަނި ރަސްމީ ދުވަސްތަކަށް)، ބަންދު ދުވަހެއްގައި މަސައްކަތަށް ހާޟިރުވާންޖެހިއްޖެ ހާލަތެއްގައި މަސައްކަތުގައި ހޭދަވާ ކޮންމެ 90 މިނެޓަކަށް 40 ރުފިޔާގެ އެލަވަންސް ލިބޭނެއެވެ. ބަންދު ދުވަސްތަކުގައި މި ދެންނެވި އެލަވަންސް ފިޔަވާ އެހެން އިނާޔަތެއް އުޖޫރައިގެ ގޮތުގައި ހަމަޖެހިފައިނުވެއެވެ.  

 

ތައުލީމާއި ތަޖުރިބާ

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު،ސާނަވީ އިމްތިހާނަކުން 02 މާއްދާއިން ދަށްވެގެން ޑީ ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން

 

ނޯޓް: 1. ޕްރީސްކޫލް ޓީޗަރއަށް ޝައުގުވެރިކަން ހުންނަ، އެހެނަސް ވަޒީފާއެއް އަދާކުރައްވާ ފަރާތްތަކަށްވެސް އެޕްލިކޭޝަން ހުށައެޅޭނެއެވެ. ނަމަވެސް މި ފަރާތްތަކަށް ފުރުޞަތު ދެވޭނީ ފުލްޓައިމްކޮށް މަސައްކަތްކުރެވޭނޭ ޝަރުތު ފުރިހަމާ ކެނޑިޑޭޓަކު ނުވަތަ އެފެންވަރުގެ ނުވަތަ ޝަރުތު ފުރިހަމަވާ ކެނޑިޑޭޓަކު ނުލިބިއްޖެނަމައެވެ. މިގޮތަށް ހޮވޭ ބޭފުޅުންނަށް ޕާޓްޓައިމް އުސޫލުން އުޖޫރަ ހަމަޖެހޭނެއެވެ.

 

މަޤާމުގެ މަސްއޫލިއްޔަތު

 

 

 

 

 

 

1-  ޕްރީސްކޫލްގެ ދަރިވަރުންނަށް ކިޔަވައިދިނުމާއެކު، ކިޔަވައިދިނުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ޤަވާއިދުން ކުރުން

2-  ޕްރީސްކޫލްގެ އިދާރީގޮތުން ކުރަންހުރި ކަންކަން ކުރުން

3-  ކިޔަވައިދިނުމަށް ކްލާސްތެރެ ތައްޔާރުކުރުމާއި، ކްލާސްތެރެ ކުދިންނާއި ރަށްޓެހި މާހައުލަކަށް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ޤަވާއިދުން ކުރުން

4-  މީގެއިތުރުންވެސް ވަޒީފާއާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ފަރުވާތެރިކަމާއެކު ކުރުން

 

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1-  މި މަޤާމުގެ މަސްޢޫލިއްޔަތުތައް އަދާކުރުމުގައި އެންމެ މަދުވަގެން 01 އަހަރު ދުވަހުގެ މުއްދަތެއްގައި ދެމިހުރެވޭނެ ފަރާތަކަށްވުން

 

 

 

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:   

އިއުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތުގެ 10 ދުވަހުގެ ތެރޭގައި މިމަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން އެންގޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

01-  މައުލޫމާތު ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް .( އެޕްލިކޭޝަން ފޯމު ރަސްމީ ގަޑީގައި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.)

02-  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފް ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

03-  ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމް ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓްކުރަން ނުޖެހޭނެއެވެ.)ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) ސިވިލް ސާރވިސްގެ ޓްރެއިނިންގ އިންސްޓިޓިޔުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

04-  ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

05-   މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

06-  ވަޒީފާއަށް އެދޭފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

07-   ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

 

މަގާމަށް އެދެންވީ ގޮތާއި ސުންގަނޑި:

2018 ޖަނަވަރީ 08 ވާ (ހޯމަ) ދުވަހުގެ 13:30 ގެ ކުރިން މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ އަށް ހުށަހެޅުއްވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯދެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރު: 6580049 ފޯނާއެވެ.

 

           

       ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.               

27 ޑިސެންބަރު 2017
ހޯދާ