މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ފުވައްމުލަކުސިޓީ ގައި މިފްކޯއިން ގާއިމްކުރާ އައިސްޕްލާންޓްގެ އޮފީސް ޢިމާރާތާއި ވަށާފާރު ރާނައިދޭނެ ފަރާތެއް ހޯދުން

ފުވައްމުލަކުސިޓީ ގައި މިފްކޯއިން ގާއިމްކުރާ އައިސްޕްލާންޓްގެ އޮފީސް ޢިމާރާތާއި ވަށާފާރު ރާނައިދޭނެ ފަރާތެއް ހޯދުން

ފުވައްމުލަކުސިޓީގައި މިފްކޯއިން ގާއިމްކުރާ އައިސްޕްލާންޓްގެ އޮފީސް ޢިމާރާތާއި ގޯތީގެ ވަށާ އިންފާރުގެ މަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤު ވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 03 ޖެނުއަރީ 2018 ވާ ބުދަ ދުވަހުގެ ހެނދުނު 11:00އަށް މިފްކޯ (ހިލާލީމަގު/ މާފަންނު)އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 11 ޖެނުއަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 11:00އަށް މިފްކޯ (ހިލާލީމަގު/ މާފަންނު)އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ، މަޢުލޫމާތު ސާފުކުރަން އޮންނަދުވަހު ކަނޑައެޅިފައިވާ ގަޑިއަށްވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވި ފަރާތްތަކަށެވެ. 

27 ޑިސެންބަރު 2017
ހޯދާ