ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ހުޅުމާލޭ ފިއުލްޝެޑްގެ ރީޓެއިލް ސްޓޯރ ކުއްޔަށް ދިނުމާއި ބެހޭ

ހުޅުމާލޭ ފިއުލްޝެޑްގެ ރީޓެއިލް ސްޓޯރ ކުއްޔަށް ދިނުމާއި ބެހޭ

 

ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ފަރާތުން ހުޅުމާލޭގައި ތަރައްޤީ ކޮށްފައިވާ ފިއުލް ޝެޑްގެ ރީޓެއިލް ސްޓޯރ ކުއްޔަށް ދިނުމަށް ބޭނުންވެގެން ކުރެވުނު އިޢުލާނު (ނަންބަރު: FSM-ADV-2017/054) އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ އެއިޢުލާނު ބާޠިލުކޮށް އަލުން މިފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި ރީޓެއިލް ސްޓޯރ ކުއްޔަށް ބައްލަވައިގަންނަވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 02 ޖަނަވަރީ 2018 ވާ އަންގާރަ ދުވަހުގެ 11:00 އަށް އެސްޓީއޯ އައިފާނު ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 14 ޖެނުއަރީ 2018 ވާ އާދިއްތަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3331457 ނުވަތަ 3331453 އަށް ގުޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. 

27 ޑިސެންބަރު 2017
ހޯދާ