ނައިވާދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރ

އިޢުލާން

ވޭޖް އެމްޕްލޯއިމަންޓް އުޞޫލުން މުވައްޒަފުން ބޭނުންވެއްޖެ

މަޤާމު:         ސެކިއުރިޓީ އޮފިސަރ

ބޭނުންވާ ޢަދަދު:      3 ( ތިނެއް )

މަސައްކަތްކުރަން ހަމަޖެހިފައިވާ ތަނާއި ރަށް :  ނައިވާދޫ ސްކޫލް / ހދ. ނައިވާދޫ

މުއްދަތު: 31 ޑިސެމްބަރ 2017 ގެ ނިޔަލަށް

މުސާރަ / ޝަރުތު:    

މަޤާމުގެ ނަން

ކްލެސިފިކޭޝަން

ސިވިލްސަރވިސް ޜޭންކް

އަސާސީ ޝަރުތު

މުސާރަ

ސެކިއުރިޓީ އޮފިސަރ

ސަޕޯޓިންގ ސްޓާފް ގްރޭޑް 1

އެސް.އެސް. 1

އަސާސީ ތަޢުލީމުގެ މިންވަރަށް ތަކެތި ދަތުން

ދުވާލަކަށް 136.67 ރުފިޔާ

(މަހަކު -/4100 ރުފިޔާއަށްވުރެ އިތުރުނުވާނެހެން.)

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތް:

(1)   ސްކޫލްގެ ގޯތިތެރެއާއި އެންމެހައި ޢިމާރާތްތަކާއި، ޢިމާރާތްތަކުގައިވާ ތަކެއްޗާއި، ގޯތިގެ ވަށައިގެންވާ ގޯޅިތަކާއި މަގުތަކުގެ ސެކިއުރިޓީ (ސްކޫލުން ކަނޑައަޅާ ގޮތެއްގެމަތީން) ބެލެހެއްޓުން.

(2)   އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

(3)   ސްކޫލްގައި ބޭއްވޭ އެސްއެސްސީ / އެޗްއެސްސީ އިމްތިޙާނާއި، ޖީސީއީ އޯލެވެލް / އޭލެވެލް އިމްތިޙާނުގެ ސުވާލުކަރުދާސްތައް ސްކޫލްގެ ސެކިޔުރިޓީ ރޫމަށް ލީއްސުރެ، އެއިމްތިޙާނުތައް ނިމިގެން ޖަވާބު ކަރުސާސްތައް ނެރެންދެން ސްކޫލްގެ ސެކިޔުރިޓީ ރޫމްގެ ސެކިޔުރިޓީ ސްކޫލުން އަންގާގޮތެއްގެ މަތިން އިތުރު އަގަކާނުލައި ބަލެހެއްޓުން.

(4)   ޑިޔުޓީގައި ހުންނަ މީހަކު އޮފީހުގެ ދިދަ ހެނދުނު 6:00 ޖަހާއިރު ނަގާ، އިރުއޮއްސި 6:00 ޖަހާއިރު ތިރިކުރުން.

(5)   ޑިޔުޓީގައި ހުންނަ ވޮޗަރަކު ސްކޫލުގެ ބަގީޗާތަކަށް ހެނދުނާއި ހަވީރު ފެންދިނުން.

(6)   ޑިޔުޓީ ބަދަލުވާއިރު ކުރިން ހުރި ވޮޗަރު ، އަލަށް ޑިޔުޓީ އާ ޙަވާލުވާ މީހާއަށް ސްކޫލްގެ ޢިމާރާތްތަކާއި އެންމެހައި މުދަލާއި ތަންތަން ދައްކައި، އެއްވެސް ގެއްލުމެއް ވެފައިހުރިތޯ ރަނގަޅަށް ޗެކްކުރުން.

(7)   މުޖުތަމަޢުއާ ސްކޫލާ އޮންނަ ގުޅުމަކީ ބަދަހި ގުޅުމެއްކަމަށް ހެދުމަށް މަސައްކަތްކުރުން.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:   މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6520537 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.  

ސުންގަޑި:     ޝަރުތު ހަމަވާ ފަރާތްތަކުން 2018 ޖެނުއަރީ 04 ވާ ބުރާސްފަތި ދުވަހުގެ 13.00ގެ ކުރިން ތިރީގައި ބަޔާން ކުރެވިފައިވާ ތަކެއްޗާއި އެއްކޮށް ހދ. ނައިވާދޫ ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

އިންޓަވިއު ކުރުން:  މިމަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ 2018 ޖެނުއަރީ 04 ން 07 ދެމެދުގެ ދުވަހެއްގައި ނައިވާދޫ ސްކޫލުގައެވެ.  ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލެވޭ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.
  2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި، ބޭނުންވާ ސިފަތައް.

 ހުށަހަޅުއްވަންޖެހޭ ތަކެތި:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ނައިވާދޫ ސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ލިބިފައިވާ ހުރިހާ ސެޓުފިކެޓުތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމުތަކުގެ އެކްރިޑެޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖޭއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރިޑެޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރިޑެޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. (އިންޓަވިއު އަށް ވަޑައިގަންނަވާއިރު ހުށަހެޅި ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލު ގެންނަވަން ވާނެއެވެ.) 

  1. މުއްދަތު ހަމަނުވާ އައި.ޑީ ކާޑްގެ ސާފު ފޮޓޯކޮޕީ
  2. ވަޒީފާއަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު 

ނޯޓް:   ތަޖުރިބާގެ މުއްދަތު ގުނާނީ ވަނަވަރު (ސީވީ) ގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

27 ޑިސެމްބަރ 2017

 
27 ޑިސެންބަރު 2017
ހޯދާ