ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޟަތު

ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ

         ގދ.ފިޔޯރީ ، ދިވެހިރާއްޖެ

                        02 އެސިސްޓެންޓް ޑިރެކްޓަރ ހޯދުމަށް

                                                    ނަންބަރ:A-422/2017/19

އިޢުލާން

މި ކައުންސިލްގެ ތިރީގައި މިދަންނަވާ (2މަޤާމަށް) މަގާމުތަކަށް  ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ނަންބަރު

J222614

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް.އެސް.3

މަޤާމުގެ ކްލެސިފިކޭޝަން

އެސިސްޓެންޓް ޑިރެކްޓަރ

ޑިވިޝަން / ސެކްޝަން

ކޯޕަރޭޓް އެފެއާޒް

މަޤާމު އޮތް އޮފީސް

ހުވަދު އަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން

ހުވަދު އަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ

މުސާރަ

-/7035 ރުފިޔާ

ސަރވިސް އެލަވަންސް

2000/- ރުފިޔާ

އިތުރު އިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  • ލާމަރުކަޒީ ޤާނޫނުގެ ދަށުން ރަށުކައުންސިލަށް ލިބިދީފައިވާ ބާރާއި މަސްއޫލިއްޔަތު އަދާ ކުރުމަށްޓަކައި ރަށު ފެންވަރުގައި އަޅަންޖެހޭ ސިޔާސަތުތައް އެކަށައަޅައި އެއާގުޅޭ ޤަވާޢިދު ހަދައި ހިންގުމާއި މިޤާނޫނުގެ ދަށުން ރަށުކައުންސިލަށް ލިބިދީފައިވާ ބާރާއި މަސްއޫލިއްޔަތު އަދާ ކުރުމަށްޓަކައި ރަށު ރައްޔިތުންގެ ނަމުގައި ނިންމަންޖެހޭ ކަންކަން ނިންމުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް ރާވައި ހިންގުން

 

  • ރަށު ރައްޔިތުންގެ މާލިއްޔަތާއި އެންމެހާ ވަޞީލަތްތައް ބެލެހެއްޓުމަށް ކުރަން ޖެހޭ އިދާރީ މަސައްކަތް ރާވައި ހިންގުން

 

  • ކައުންސިލުންދޭ ޚިދުމަތްތަކާއި ކައުންސިލް މެދުވެރިވެގެން ދޭ ޚިދުމަތްތަކަށް ލާމަރުކަޒީ ޤާނޫނުގެ ދަށުން ހެދޭ ޤަވާޢިދާ އެއްގޮތްވާ ގޮތުގެ މަތިން ކަނޑައަޅާފައިވާ ފީ ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސައި އެމަސައްކަތް ކުރުވުން

 

  • މީހުންގެ އަމިއްލަ ބިންތަކާއި މުދާ ޢާންމު ބޭނުމަށްޓަކައި ކޮންމެހެން ނަގަންޖެހިއްޖެނަމަ ޤާނުނާއެއްގޮތްވާ ގޮތުގެ މަތިން ޢަދުލުވެރި ބަދަލު ދިނުމަށްފަހު އެފަދަ ތަންތަން ނެގުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުވުން.

 

  • ރަށުގައި ހުންނަ ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާނޭ އެހީތެރިކަމާއި އެއްބާރުލުން ދިނުމުގެ އިދާރި މަސައްކަތް ކުރުވުން.

 

  • ލާމަރުކަޒީ ޤާނޫނުގައި ބުނެފައިވާ ރިޕޯޓްތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން އިންތިޒާމުކޮށް ރިޕޯޓްތައް ތައްޔާރުކުރުވައި ފޮނުވުން.

 

  • ކައުންސިލަށް  ނިސްބަތްވާ ސިއްކަ ސަރުކާރުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓްރީކުރުމަށްފަހު ބޭނުންކުރުމަށް ކުރަންޖެހޭ އިދާރާ މަސައްކަތް ކުރުވުން.

 

  • ރަށުގައި އަމާން އަދި ޞުލްޙަވެރި ވެއްޓެއް ޤާއިމް ކުރުމަށްޓަކައި ފުލުހުންނާއި ގުޅިގެން ކުރެވެން ހުރި އެންމެހައި ކަންކަން ކުރުމުގެ އިންތިޒާމް ހަމަޖެއްސުން.

 

  • ކައުންސިލްގެ އިޚްތިޞާޞަގެ ތެރޭގައި ހިމެނޭ ކަންކަމާ ގުޅިގެން ނުވަތަ ކައުންސިލްގެ ދާއިރާގައި އެއްވެސް މީހަކު ޤާނޫނާ ޚިލާފު ޢަމަލެއް ކޮށްފިކަމަށް ތުހުމަތުކުރެވޭނަމަ އެކަމެއް ތަޙުޤީޤުކުރުމަށް ފުލުހުންގެ އެހީތެރިކަމަށް އެދުމަށް ކުރަންޖެހޭ މަސައްކަތް ކުރުވުން
  • ރަށު ކައުންސިލް އިދާރާ ހިންގުންމަށް އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތް އިންތިޒާމުކޮށް ޒިންމާދާރު ވެރިޔާގެ ލަފާގެ މަތިން އެމަސައްކަތް ރާވައި ހިންގުން.
  • ޝަރުޢި ކޯޓުތަކުން ކުރާ ޙުކުމްތައް ތަންފީޛުކުރުމުގައި ޝަރުޢީ ކޯޓުތަކަށާއި ސަރުކާރުގެ އިދާރަތަކަށް އެހީތެރިވެދިނުމުގެ މަސައްކަތް ކުރުވުން.
  • ރަށު ކައުންސިލްގެ ބާރުގެ ދާއިރާގައި ހިމެނޭ ކަންކަމާ ގުޅޭގޮތުންނާއި އެކިއެކި ޤާނޫނުތަކުގެ ދަށުން ރަށު   ކައުންސިލާ ޙަވާލުކޮށްފައިވާ ކަންކަމާ ގުޅޭގޮތުންނާއި ސަރުކާރުގެ އެކިއެކި ވުޒާރާތަކުން ކައުންސިލްމެދުވެރިކޮށް ދޫކުރަން ކަނޑައަޅާ  ހުއްދަތައް  ދޫކުރުމާއި، އެފަދަ ހުއްދަތައް ބާޠިލުކުރުމާއި ރަޖިސްޓްރީ ހަދައިދިނުމާއި ބާޠިލުކުރުމުގެ މަސައްކަތް ކުރުވުން.
  • އަލަށް އުފަންވާ ކުދިންނާއި މަރުވާމީހުންގެ ރެކޯޑުބެލެހެއްޓުމާއި، އެރަށެއްގެ ރަޖިސްޓްރީގައި ރަށްވެހިވެފައިވާ މީސްމީހުންނާއި،ރަށްވެހިނުވެ ދިރިއުޅެމުން ގެންދާ މީހުންނާއި، އަދި އެރަށެއްގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުން އިންތިޒާމުކޮށް އެމަސައްކަތް ކުރުވުން.
  • ރަށު ކައުންސިލުން ދޭންޖެހޭނެ ކަމަށް އެކިއެކި ޤާނޫނު ތަކުގެ ދަށުން ކަނޑައަޅާ މިނޫންވެސް ޚިދުމަތްތައް ދިނުމުގެ މަސައްކަތް ރާވައި ހިންގުން.

މަޤާމުގެ ޝަރުތުތައް

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން، އެޑްމިނިސްޓްރޭޝަން، ހިއުމަންރިސޯސް މެނޭޖްމަންޓް، ފައިނޭންސް މެނޭޖްމަންޓް، އެކައުންޓިން، ސޯޝަލް ސައިންސް، ޕްރޮޖެކްޓް މެނޭޖްމަންޓް، ޝަރީއަތާއި ޤާނޫން ، މިއިން ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލް ކޮށްފައި ވުމާއި އެކު މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،

ނުވަތަ

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން، އެޑްމިނިސްޓްރޭޝަން، ހިއުމަންރިސޯސް މެނޭޖްމަންޓް، ފައިނޭންސް މެނޭޖްމަންޓް، އެކައުންޓިން، ސޯޝަލް ސައިންސް، ޕްރޮޖެކްޓް މެނޭޖްމަންޓް، ޝަރީއަތާއި ޤާނޫން ، މިއިން ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލް ކޮށްފައި ވުމާއި އެކު މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،

ނުވަތަ

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން، އެޑްމިނިސްޓްރޭޝަން، ހިއުމަންރިސޯސް މެނޭޖްމަންޓް، ފައިނޭންސް މެނޭޖްމަންޓް، އެކައުންޓިން، ސޯޝަލް ސައިންސް، ޕްރޮޖެކްޓް މެނޭޖްމަންޓް، ޝަރީއަތާއި ޤާނޫން ، މިއިން ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލް ކޮށްފައި ވުމާއި އެކު މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،

ނުވަތަ

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން، އެޑްމިނިސްޓްރޭޝަން، ހިއުމަންރިސޯސް މެނޭޖްމަންޓް، ފައިނޭންސް މެނޭޖްމަންޓް، އެކައުންޓިން، ސޯޝަލް ސައިންސް، ޕްރޮޖެކްޓް މެނޭޖްމަންޓް، ޝަރީއަތާއި ޤާނޫން ، މިއިން ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލް ކޮށްފައި ވުން،

ނުވަތަ

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން، އެޑްމިނިސްޓްރޭޝަން، ހިއުމަންރިސޯސް މެނޭޖްމަންޓް، ފައިނޭންސް މެނޭޖްމަންޓް، އެކައުންޓިން، ސޯޝަލް ސައިންސް، ޕްރޮޖެކްޓް މެނޭޖްމަންޓް، ޝަރީއަތާއި ޤާނޫން ، މިއިން ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލް ކޮށްފައި ވުމާއި އެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުތަ އެއަށްވުރެމަތީ ސަނަދެއް ހާސިލް ކޮށްފައިވުން.

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ނަންބަރު

J291590

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް.އެސް.3

މަޤާމުގެ ކްލެސިފިކޭޝަން

އެސިސްޓެންޓް ޑިރެކްޓަރ

ޑިވިޝަން / ސެކްޝަން

އިކޮނޮމިކް،ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް

މަޤާމު އޮތް އޮފީސް

ހުވަދު އަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން

ހުވަދު އަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ

މުސާރަ

-/7035 ރުފިޔާ

ސަރވިސް އެލަވަންސް

2000/- ރުފިޔާ

އިތުރު އިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  • ޤާނޫނު އަސާސިއާއި ޤާނޫނާއެއްގޮތްވާ ގޮތުގެ މަތިން ރަށް ހިންގައި ރަށް ތަރައްޤީކޮށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި  ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރަށްވެހިކަމުގެ ޚިދުމަތްތައް ދިނުމުގެ އިދާރީ އެންމެހާ މަސައްކަތް ހިންގާ ބެލެހެއްޓުން.
  • ރައްޔިތުންގެ ބައިވެރިވުމާއެކު ރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ރާވައި ހިންގުމާއި މިގޮތުން އެކުލަވާލެވޭ ރަށުގެ ތަރައްޤީގެ ޕްލޭން އަތޮޅު ކައުންސިލަށް ފޮނުވުމުގެ މަސައްކަތް ކުރުވުން.
  • ރަށުކައުންސިލުން އެކުލަވާލައި އަތޮޅު ކައުންސިލަށް ފޮނުވާ ތަރައްޤީގެ ޕްލޭނަށް ރިޢާޔަތް ކުރެވިގެން ސަރުކާރުން އެކަށައަޅާ މަޝްޜޫޢުތަކުގެ ތެރެއިން ރަށުކައުންސިލުން ތަންފީޛުކުރުމަށް ރަށުކައުންސިލާ ޙަވާލުކުރާ ތަރައްޤީގެ މަޝްރޫޢުތައް ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީއުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ތަންފީޛުކުރުން.
  • ތަރައްޤީގެ މަޝްރޫޢުތައް ހިގާ ނުހިގާ ގޮތް ބެލުމުގައި ސަރުކާރުގެ މިނިސްޓްރީތަކަށާއި އަތޮޅު ކައުންސިލަށް އެހީތެރިވެދީ،ތަރައްޤީގެ މަޝްރޫޢުތައް ތަންފީޛުކުރުމުގައި އަތޮޅުކައުންސިލަށް ޖަވާބުދާރީވެ، މިނިސްޓްރީ ތަކުންނާއި އަތޮޅުކައުންސިލުން ކަނޑައަޅާގޮތަކަށް ގަވާޢިދުން ރިޕޯޓު ތައްޔާރު ކުރުވައި ފޮނުވުން
  • އިޤްތިޞާދީ ނުވަތަ އިޖުތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި އުފުލޭ އަދި ނުއުފުލޭ މުދާ ހޯދުމާއި މިލްކުކުރުމާއި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ މިފަދަ ތަކެތި، ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީއުޞޫލުން ހިންގުމުގެ ޤާނޫނުގެ  ދަށުން ހެދޭ ޤަވާޢިދުގައިވާ ގޮތުގެ މަތިން، އެހެންފަރާތަށް ކުއްޔަށް ދިނުމާއި ދޫކުރުމަށް ކުރަންޖެހޭ މަސައްކަތް ރާވާ ހިންގާ ބެލެހެއްޓުން.
  • ތަރައްޤީގެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޤާނޫނުގައި ކަޑައަޅާފައިވާ ޙުދޫދުގެ ތެރޭގައި މާލީ އިދާރާތަކުން ދަރަންޏަށް ފައިސާ ނެގުމާއި އެފަދަ ދަރަނި ތަކުގެ ޙިމާޔަތެއްގެ ގޮތުގައި ކައުންސިލްގެ އެކިއެކި މާލީ ޙައްޤުތަކާއި މަޞްލަޙަތުތަކާއި މިލްކިއްޔާތުތައް ދަރަނި ދޫކުރާފަރާތަށް ހުށަހެޅުމާއި ތަފާތު އެކިއެކި ކަންކަމަށް ފަންޑު އުފެއްދުމަށް ކުރަންޖެހޭ މަސައްކަތް ކުރުވުން.
  • ކައުންސިލް ބެލުމުގެ ދަށުން ޚިދުމަތް ދެވޭ ތަންތަނާއި ކައުންސިލްގެ އުޅަނދުފަހަރާއި ރަށުގެ މަގުތަކާއި،ޕާކުފަދަ ޢާންމުތަންތަނަށް ނަންދިނުމާއި ނަން ބަދަލުކުރުމާއި، ރަށުގެ މަގުތައް ހެދުމާއި މަރާމާތުކުރުމާއި  މަގާއި ޕާކުތަކާއި މައިދާން ފަދަ ތަންތަން ވަގުތީގޮތުން ނުވަތަ ދާއިމީގޮތުން ހުޅުވުމާއި ބަންދުކުރުމުގެ މަސައްކަތް ކުރުވުން.
  • ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ރަށުގެ ފަރާއި ފަޅުފަދަ ޤުދުރަތީ ވަޞީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި ރަށްގިރުން ހުއްޓުވުމަށްޓަކައި ފިޔަވަޅުއެޅުމާއި ރަށުގެ އެއްގަމުތޮށްޓާއި ކަނޑު ތޮށިގަޑު މަރާމާތުކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް ރާވާ ހިންގާ ބެލެހެއްޓުން.
  • އެކަށިގެންވާ ރައްކާތެރިގޮތުގައި ރައްޔިތުންނަށް އުނދަގޫ ނުފޯރާނެ ގޮތެއްގެ މަތިން ރަށުފެންވަރުގައި ކުނިނައްތާލުމާއިބެހޭ މަސައްކަތް ހިންގާ ބެލެހެއްޓުން.
  • ބަނދަރުމަރާމާތުކޮށް ބެލެހެއްޓުމާއި ރަށުގެ ފާލަމާއި ފެރީޓާމިނަލް ހަދައި ހިންގުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުވުން.
  • ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަރަންޓާ،ފެނާ،ފާޚާނާއާއި ނަރުދަމާނިޒާމު ފަދަ ޢާންމު ޚިދުމަތް ހިންގައި ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް ހިންގާ ބެލެހެއްޓުން.
  • ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ޕްރައިމަރީ ހެލްތުކެއަރ އާއި ޞީއްޙީ ރައްކާތެރިކަމާ ގުޅޭ އަސާސީ ޚިދުމަތްތައް ދިނުމާއި ޕެސްޓް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ހިންގުން.
  • ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ޕްރީސްކޫލް ޚިދުމަތްތައް ދިނުމާއި، ބޮޑެތިމީހުންގެ ތަޢުލީމީ އަދި ފަންނީ ފެންވަރު މަތިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި، ރަށުގެ ލައިބްރަރީ ހިންގުމާއި ރަށުގެ ރަސްމީ ލިޔުންތައް ޢަރުޝީފުކުރުމާއި ރަށުގެ ތާރީޚީ އަދި ޤަދީމީ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ލައިބްރަރީގައި ބެހެއްޓުމާއި ޒަމާނީ އެކިއެކި ވަޞީލަތްތަކުގެ އެހީގައި ލައިބްރަރީން އެކިއެކި މަޢުލޫމާތު ލިބޭނޭ އިންތިޒާމު ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުވުން.
  • އިޖުތިމާޢީ މަރުކަޒުތަކާއި ކުޅިވަރުކުޅޭ ޢާންމު ދަނޑުތަކާއި ބިންތައް ބެލެހެއްޓުމާއި ކުޅިވަރުގެ ވަޞީލަތްތަކާއި ޢާންމު ޕާކުތަކާއި މުނިފޫހިފިލުވުމާބެހޭ ޚިދުމަތްތައް ފޯރުކޮށް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުވުން.
  • ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އިޖުތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތް ދޭނޭ މަރުކަޒު ހިންގުމާއި ގޭތެރޭގެ ގައި ހިނގާ އަނިޔާތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމާއި އެފަދަ ޢަމަލުތަކާ ގުޅިގެން އަނިޔާ ލިބޭފަރާތްތަކަށް ޙިމާޔަތްދީ އެހީތެރިކަން ފޯރުކޮށް ދިނުމާއި މުސްކުޅިންނަށާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވެދީ އެފަދަ މީހުން ބެލެހެއްޓޭނެ ނިޒާމެއް ޤާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތް ރާވާހިންގުން.
  • މިސްކިތްތައް ބެލެހެއްޓުމާއި، ޤަބުރުސްތާން ބެލެހެއްޓުމާއި ކަށުކަމާކެމީގެ ކަންތައް ކުރެވޭނެ ނިޒާމް ޤާއިމުކޮށް ދިނުމާއި ކަށުކަމާކެމީގެ ކަންކަން ހަމަޖައްސުން.
  • އާސާރިތަންތަން ބެލެހެއްޓުމާއި ޡަޤާފީ ކަންކަން ދިރުވައި ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
  • ދީނީ ގޮތުންނާއި ޤައުމީ ގޮތުން ފާހަގަކުރަންޖެހޭ ދުވަސްތަކާއި މުނާސަބަތުތައް ފާހަގަކޮށް، ދީނީ އަދި ޤައުމީ އިޙްތިފާލުތައް ބޭއްވުމުގެ މަސައްކަތް ކުރުވުން.
  • މަގުމަތި ކުނިކަހައި ސާފުކުރެވޭނެ އިންތިޒާމެއް ހަޖެއްސުމާއި ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި ރަށް ޒީނަތްތެރިކޮށް ބެލެހެއްޓުމާއި، ރޭގަޑު މަގުމަތި ދިއްލައި ބެލެހެއްޓުމުގެ މަސައްކަތް ހިންގުން.
  • ދިމާވާ ކުއްލިނުރައްކަލުގެ ޙާލަތްތަކުގައާއި ޙާދިސާތަކުގައި އެހީތެރިކަން ފޯރުކޮށް ދެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރުވުން.
  • ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ފިހާރަތަކާއި ހޮޓާތަކާއި ރެސްޓޯރަންޓްތަކާއި ކެފޭތަކާއި ގެސްޓްހައުސް ތަކާއި ޢާންމު މާރުކޭޓުތަކުގެ ކަންކަން ހުރޭތޯބަލައި އިޞްލާޙީފިޔަވަޅުއެޅުމުގެ މަސައްކަތް ހިންގުން.
  • މަގުމަތީގައި މީހުން ހިގައި އުޅުމާއި މަގުމަތީގައި އިންޖީނުލީ އެއްޗެއްސާއި އިންޖީނުނުލާއެއްޗެތި ދުއްވުމުގެ ކަންކަން ދިވެހި ރާއްޖޭގެ ޤާނޫނާ އެއްގޮތަވާ ގޮތުގެ މަތިން އިންތިޒާމުކޮށް ބެލެހެއްޓުމާއި ޢާންމުންގެ އަތުން ފީނަގައިގެން އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުންދޭ ޚިދުމަތްތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކަނޑައަޅާ މިންގަޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިންތިޒާމުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުވުން.
  • ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނުނާއި އެހެނިހެން ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިޤްތިޞާދި ނުވަތަ އިޖުތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ހޯދުމާއި މިލްކުކުރުމާއި އަދި މިފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި އަދި މިފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި މިފަދަ އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކުކުރުމަށް ކުރަންޖެހޭ އިދަރީ މަސައްކަތް ރާވާ ހިންގުން.
  • އަތޮޅު ކައުންސިލްގެ ލަފަޔާއި އިރުޝާދުގެ މަތިން އަދި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި ރަށުގެ ލޭންޑް ޔޫސް ޕަލޭނާ އެއްގޮތްވާ ގޮތުގެ މަތިން ސަރުކާރުގެ ބިމާބެހޭ ޤައުމީ އިދާރާއިން ރަށު ކައުންސިލާ ޙަވާލުކޮށްފައިވާ ފަޅާއި ބިން އެކިބޭނުމަށް ކުއްޔަށް ދޫކުރުމާއި ދިނުމުގެ މަސައްކަތް ރާވާ ހިންގުން.
  • ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އަދި ރަށުގެ ލޭންޑް ޔޫސް ޕްލޭނާ ތަޢާރުޟްނުވާ ގޮތުގެމަތިން    ރަށުން ބިން ދޫކުރުމާއި ބިމާއި ޢިމާރާތް ރަޖިސްޓްރީކުރުމާއި ދިވެހިރާއްޖޭގެ ޢިމާރާތްކުރުމުގެ ޤަވާޢިދުތަކާއި ސަރުކާރުގެ މިނިސްޓްރީތަކުން ހަދާފައިވާ އެންމެހައި ޤަވާޢިދުތަކާ އެއްގޮތްވާގޮތުގެ މަތިން ރަށުގައި ޢިމާރާތްކުރުމުގެ ކަންކަން ބަލަހައްޓައި އެކިއެކި ފަރާތްފަރާތުން ރަށުގެ ބިމާ ގުޅޭގޮތުން ހިންގާ ބިމާބެހޭ އެންމެހައި މުޢާމާލާތުތަކުގެ ރެކޯޑުތައް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި މިނޫންވެސް ޤާނޫނުތަކުގައިވާ ގޮތުގެ މަތިން ބެލެހެއްޓުމުގެ މަސައްކަތް ރާވައި ހިންގުން.
  • ރަށުގެ ބިންބިމުގެ ދަފްތަރު އެކުލަވައި އެދަފްތަރު ބެލެހެއްޓުމާއި ބިމާބެހޭ ޤައުމީ ދަފްތަރު އެކުލަވައި ބަލަހައްޓާ އިދާރާއަށް ބޭނުންވާނެ މަޢުލޫމާތު ފޯރުކޮށް ދިނުމުގެ މަސައްކަތް ރާވައި ހިންގުން.

މަޤާމުގެ ޝަރުތުތައް

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން، އެޑްމިނިސްޓްރޭޝަން، ސޯޝަލް ސައިންސް، ރިސާރޗް، ޕަބްލިކް ހެލްތު، އިކޮނަމިކްސް، ޕްރޮޖެކްޓް މެނޭޖްމަންޓް، ޕްރައިމަރީ ހެލްތު ކެއަރ، މިއިން ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލް ކޮށްފައި ވުމާއި އެކު މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،

ނުވަތަ

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން، އެޑްމިނިސްޓްރޭޝަން، ސޯޝަލް ސައިންސް، ރިސާރޗް، ޕަބްލިކް ހެލްތު، އިކޮނަމިކްސް، ޕްރޮޖެކްޓް މެނޭޖްމަންޓް، ޕްރައިމަރީ ހެލްތު ކެއަރ، މިއިން ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލް ކޮށްފައި ވުމާއި އެކު މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،

ނުވަތަ

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން، އެޑްމިނިސްޓްރޭޝަން، ސޯޝަލް ސައިންސް، ޕްރައިމަރީ ހެލްތު ކެއަރ، ރިސާރޗް، ޕަބްލިކް ހެލްތު، އިކޮނަމިކްސް، ޕްރޮޖެކްޓް މެނޭޖްމަންޓް، މިއިން ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލް ކޮށްފައި ވުމާއި އެކު މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،

ނުވަތަ

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން، އެޑްމިނިސްޓްރޭޝަން، ސޯޝަލް ސައިންސް، ރިސާރޗް، ޕަބްލިކް ހެލްތު، އިކޮނަމިކްސް، ޕްރޮޖެކްޓް މެނޭޖްމަންޓް، ޕްރައިމަރީ ހެލްތު ކެއަރ، މިއިން ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލް ކޮށްފައި ވުން،

ނުވަތަ

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން، އެޑްމިނިސްޓްރޭޝަން، ސޯޝަލް ސައިންސް، ރިސާރޗް، ޕަބްލިކް ހެލްތު، އިކޮނަމިކްސް، ޕްރޮޖެކްޓް މެނޭޖްމަންޓް، ޕްރައިމަރީ ހެލްތު ކެއަރ، މިއިން ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލް ކޮށްފައި ވުމާއި އެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުތަ އެއަށްވުރެމަތީ ސަނަދެއް ހާސިލް ކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1.ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2.މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއްއަދާކުރިމުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ  ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަ ވަޒީފާއަދާކުރިމުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމް މި އިދާރާއިން ލިބެންހުނާނެއެވެ. އަދި ސިވިލްސަރވސް ކޮމިޝަންގެ ވެބްސައިޓުން މި ފޯމް ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 ޖެނުއަރީ 2017 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ފިޔޯރީ ކައުންސިލް އިދާރާގެ ކައުންޓަރަށެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2018 ވަނަ އަހަރުގެ ޖަނަވަރީ މަހު ފިޔޯރީ ކައުންސިލް އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާތަކަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

30%

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 6840008 ނަންބަރު ފޯނަށެވެ

09 ރަބީއުލް އާޙީރާ 1439

                                27  ޑިސެންބަރު  2017

27 ޑިސެންބަރު 2017
ހޯދާ