ހުވަދު އަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއްހޯދުން

މިކޯޓުގެ އިމާރާތާއި ގޯތީގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިކޯޓުގެ ނަންބަރު: (IUL)P4C-A/2017/04 (12 ޑިސެމްބަރ 2017) އިޢުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވުމާއެކު އެއިޢުލާން ބާޠިލުކޮށް އަލުން ޢިއުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 02 ޖެނުއަރީ 2018 ވާ އަންގާރަ ދުވަހުގެ 14:00 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 08 ޖެނުއަރީ 2018 ވާ ހޯމަ ދުވަހުގެ 14:00 އަށް މިކޯޓަށް އަންދާސީ ހިސާބު ހުށަހެޅުންވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރައްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

26 ޑިސެންބަރު 2017
ހޯދާ