މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - ބޯޑު މެންބަރު

                                                                      ނަންބަރު:216MPAO/I/2017/36



                                        އިޢުލާން



މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑަށް ޕްރައިވެޓް ސެކްޓަރުން މެންބަރަކު ޢައްޔަންކުރުމާބެހޭ



ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2009/8) ގައިވާ ގޮތުގެ މަތިން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ހިންގަމުން ގެންދަނީ 8 މެންބަރުންގެ މައްޗަށް އެކުލަވާލެވިފައިވާ ބޯޑެއްގެ ބެލުމުގެ ދަށުންނެވެ. މިބޯޑުގައި ހިމެނެނީ ބޯޑުގެ ޗެއަރޕަރސަންއާއި، ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރގެ އިސް މުވައްޒަފަކާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ސިވިލް ސަރވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި، ސޯޝަލް ސެކިއުރިޓީއާބެހޭ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީގެ ސިވިލް ސަރވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި އަދި ދައުލަތުގެ ވަޒީފާއެއް އަދާނުކުރައްވާ، ސަރުކާރުގެ ވަޒީފާއެއްގައި ނޫޅުއްވާ، ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ 4 ބޭފުޅުންނެވެ.

 

މިގޮތުން މިހާރު އެކުލަވާލާފައިވާ ބޯޑުން، ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ 4 މެންބަރުންގެ ތެރެއިން 1 މެންބަރުގެ ޖާގަ 2018 ފެބްރުއަރީ ގައި ހުސްވާތީ މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.

 

މިބޯޑުގެ ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ މެންބަރުން ޢައްޔަން ކުރައްވަނީ، މިކަމަށްޓަކައި އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީއަކުން ހޮވާ އަދި ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ފާސްކުރެއްވުމަށްފަހު ހުށަހަޅުއްވާ ނަންތަކެއްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއެވެ.  

 

ފެންވަރު ނުވަތަ ޝަރުޠު

  1. ވިޔަފާރީގެ ރޮނގުން ނުވަތަ އިޤްތިޞާދީ ރޮނގުން ނުވަތަ ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރަށް ތަޢުލީމު ޙާޞިލްކޮށްފައިވުން.

  2. މާލީ ނުވަތަ ޕެންޝަން ނުވަތަ އިންވެސްޓްމަންޓްގެ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

  3. ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ މެންބަރުންނަކީ ދައުލަތުގެ ނުވަތަ ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރާ މީހުން ކަމުގައި ނުވުން.

 

މިބޯޑުގެ އެއްވެސް މަޤާމަކަށް ކުރިމަތިލައްވާ ބޭފުޅަކީ، މިބޯޑަށް ހުށަހެޅުމަށް ޝަރުޠު ހަމަވާ ބޭފުޅުން ކަނޑައެޅުމަށް އެކުލަވާލާފައިވާ ސިލެކްޝަން ކޮމިޓީގެ މެންބަރުންނާއި، މިނިސްޓަރުންނާއި، އެފެންވަރަށްވުރެ މަތީ މަޤާމެއް ފުރުއްވަމުންގެންދަވާ އެއްވެސް ފަރާތެއްގެ ޢާއިލާގެ މީހަކަށް (އަނބިމީހާ/ފިރިމީހާ، މައިންބަފައިން، ދަރިއެއް، އެއްބަނޑު އެއްބަފާ މީހަކަށް، އެއްބަނޑު މީހަކަށް ނުވަތަ އެއްބަފާމީހަކަށް) ވެގެން ނުވާނެއެވެ.

 

އަދި މިބޯޑަށް ހުށަހަޅާނެ ބޭފުޅުން ކަނޑައަޅާއިރު، މީގެއިތުރުންވެސް މިބޯޑުގެ މުސްތަޤިއްލު ކަން ދެމެހެއްޓުމަށާއި، މަސްލަޙަތު ފުށުއަރާ ކަންކަން ނައްތާލުމަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށާއި، ކުރަންޖެހޭ ކަންތައް ކުރުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ސިލެކްޝަން ކޮމިޓީން އަޅާނެއެވެ.

 

މިބޯޑުގެ މެންބަރުކަމަށް ކުރިމަތިލައްވާއިރު ތިރީގައިވާ މަޢުލޫމާތު ހުށަހަޅުއްވަން ވާނެއެވެ.

  • ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓްތަކުގެ އެޓެސްޓެޑް ކޮޕީ.

  • ޕެންޝަން، ބޭންކިންގ، އިންޝުއަރެންސް ނުވަތަ އިޤްތިޞާދީ ދާއިރާއިން ލިބިފައިވާ ފަންނީ ތަޖުރިބާ އަދި ފައިނޭންޝަލް އިންސްޓިޓިއުޝަނެއްގެ ބޯޑު މެންބަރެއްގެ ގޮތުގައި ނުވަތަ ފިޑިއުޝަރީއެއްގެ ގޮތުގައި ޚިދުމަތްކޮށްފައިވާނަމަ، ލިބިފައިވާ ތަޖުރިބާ އެނގޭގޮތަށް ތައްޔާރުކޮށްފައިވާ ވަނަވަރު.

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓްގެ ކޮޕީ.

  • ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް، ދާއިމީ އަދި މިހާރުގެ އެޑްރެސް.

 

ވީމާ، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގެ، މަތީގައި ދަންނަވާފައިވާ މަޤާމަށް ކުރިމަތިލައްވަން ޝަޢުޤު ވެރިވެވަޑައިގަންނަވާ ބޭފުޅުން 11 ޖެނުއަރީ 2018 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 16:00 ގެ ކުރިން ސިޓީއަކުން ނުވަތަ އީމެއިލް އިން މަތީގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއެކު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގެ މެންބަރުންގެ މަސްޢޫލިއްޔަތުތަކާއި، ޒިންމާ ހިމެނޭ ޓަރމްސް އޮފް ރެފަރަންސް މިއޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

 

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

ސިޓީ ސްކޮއަރ (8 ވަނަ ފަންގިފިލާ)،

ޗާންދަނީމަގު، މާލެ، ދިވެހިރާއްޖެ.

ފޯނު ނަންބަރު: 1441

އީމެއިލް: [email protected]



                                       26 ޑިސެމްބަރ 2017

 

26 ޑިސެންބަރު 2017
ހޯދާ