އިސްދޫ ކަލައިދޫ ސްކޫލް
ދިވެހިރާއްޖެ
މިސްކޫލްގެ ހޯލު އިމާރާތަށް އެލްމެނިއަމް ޕާޓިޝަން ޖެހުމަށް ބޭނުންވެއްޖެ

އިޢުލާން

 

މިސްކޫލްގެ ހޯލު އިމާރާތަށް އެލްމެނިއަމް ޕާޓިޝަން ޖެހުމަށް ބޭނުންވެއްޖެ:

                މި ސްކޫލުގެ ހޯލު އިމާރާތަށް އެލްމެނިއަމް ޕާޓިޝަން ޖެހުމުގެ މަސައްކަތް ( އަމިއްލަ ތަކެތީގައި ) ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

               ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ޑިސެމްބަރ 28 ވާ ބުރާސްފަތި ދުވަހު މެންދުރުކުރި 10:00 އަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 ޖަނަވަރީ 3 ވާ ބުދަދުވަހު މެންދުރުކުރި 10:00 އަށް މި ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.

               ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

               އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ބަދަލުގައި، އެހެން ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާނަމަ، އަންދާސީހިސާބު ހުށަހަޅާ ވެރިފަރާތުގެ ސިޓީއަކާއިއެކު، ހުށަހަޅުއްވާ ފަރާތް ދުރުވެދެއްވުން އެދެމެވެ.

               ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާނުކުރަމެވެ.

                        

26 ޑިސެންބަރު 2017
ހޯދާ