ދިއްފުށީ ސްކޫލް
ދިވެހިރާއްޖެ
ޕްރިންސިޕަލް ހުންނަވާނެވުމަށް 01 ކޮޓަރީގެ އެޕާރޓްމަންޓެއް ކުއްޔަށް ހިފުން

                                                                                                 ނަންބަރު: GS144/IUL/2017/33   

އިޢުލާނު

ޕްރިންސިޕަލް ހުންނަވާނެވުމަށް 01 ކޮޓަރީގެ އެޕާރޓްމަންޓެއް ކުއްޔަށް ހިފުން

2018 ވަނަ އަހަރު މިސްކޫލުގެ އިސްވެރިޔާ (ޕްރިންސިޕަލް) ހުންނަވާނެ ގެއެއް ކުއްޔަށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެންކުރި އިޢުލާން ނަމްބަރ GS144/IUL/2017/32 (26 ޑިސެމްބަރ 2017) އިސްލާޙްކުރުމަށްޓަކައި އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.

ވީމާ، 01 ކޮޓަރީގެ އެޕާރޓްމަންޓެއް ކުއްޔަށް ދޫކުރަން ޤަޞްދުކުރައްވާ ފަރާތްތަކުން 28 ޑިސެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 01:00 އަށް ދިއްފުށީ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 31 ޑިސެމްބަރ  2017 ވާ އާދިއްތަ ދުވަހުގެ 01:00 އަށް ދިއްފުށީ ސްކޫލަށް ވަޑައިގެން އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އެސްޓިމޭޓް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6640522 ފޯނު ނަމްބަރަށެވެ. 

26 ޑިސެންބަރު 2017
ހޯދާ